އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން ޔޫކްރޭނުން ވަނީ ރަޝިއާގެ ކަޒާން ސިޓީގެ އާންމުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ޑްރޯން ޙަމަލާތަކެއް ދީފައެވެ.
މިއީ ރަޝިއާގެ ވެރިރަށް މޮސްކޯގެ އިރުމަތިން 800 ކިލޯމީޓަރަށް އޮންނަ ސިޓީއެއްކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީއާ ޙަވަލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން މި ޙަމަލާގައި 8 ޑްރޯން ފޮނުވާލާފައިވެއެވެ. އޭގެ ތެރެއިން 6 ޑްރޯން އަމާޒުވީ އާންމުން ދިރިއުޅޭ ގެތައް ހުންނަ ސަރަޙައްދަކަށް ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.
އެހެންނަމަވެސް މި ޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައެއް ނުވެއެވެ. ނަމަވެސް ކަޒާން އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނެވެ.

