ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިސްތިއުފާ ދެއްވައި ފަޒުލް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅުއްވި ސިޓީ އާންމު ކުރައްވާފަ އެވެ.
ތުހުމަތުތަކަށް އިންކާރުކޮށް، ފަޒުލް ވިދާޅުވީ އޭނާ މަގާމަށް އައްޔަނު ކުރި ފަހުން މިހާތަނަށް ހުރިހާ މަސައްކަތެއް ވެސް ކުރިޔަށް ގެންދެވީ ކުންފުނީގެ ޕޮލިސީތަކާއި ބޯޑުން ނިންމާ ނިންމުންތަކުގެ މައްޗަށް ކަމަށެވެ.
ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމާއި ގުޅުވައި އޭނާއަށް ކުރާ ތުހުމަތުތަކުގައި، އެޗްޑީސީއާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަވާނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ. މި ސަބަބާއި ހުރެ ތަހުގީގަށް ފުރުސަތު ދިނުމަށާއި، ކުންފުނީގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދަން ފުރުސަތު ދިނުމަށް މަގާމުން އިސްތިއުފާ ދޭން ނިންމީކަމަށް ފަޒުލް ވިދާޅުވި އެވެ.
މައްސަލަ ފެންމަތިވެގެން އައި ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިހުޅުމާލެއިން ދިން ގޯތިތަކުގައި އިމާރާތް ކުރަން ހުއްދައަށް އެދުމުން އަބަދުވެސް އޮންނަ އުސޫލަށް އަމަލު ކުރާކަމަށެވެ.
ފަޒުލް ވިދާޅުވެފައި ވަނީ، ލިބުނު ބައެއް ހުށަހެޅުންތަކުން މައްސަލަތަކެއް ފާހަގަވެ އެކަން ކުންފުނީގެ ފަރާތުން މިނިސްޓްރީއަށް ވެސް ހުށަހެޅިކަމަށެވެ. އަދި މިހާރު ސޯޝަލް މީޑިއާގައި ދައުރުވަނީ އެކަން ފާހަގަކޮށް ފޮނުވި ލިޔެކިއުންތައްކަން ފާހަގަކުރި އެވެ.
ލިސްޓުން ބޭރުން ގޯތި ދިންކަމަށް ބުނާ ވާހަކަ ދޮގުކޮށް ފަޒުލް ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއް ކަމަށެވެ.
ފަޒުލް ވިދާޅުވީ ލިޔެކިއުންތަކުގެ ތާރީހަށް ބަލައި ވެސް، މިއީ އަސްލެއް ނެތް ތުހުމަތެއްކަން ސާފުވާނެކަމަށެވެ.
ފަޒުލް ވިދާޅުވީ އެއް ޕްލޮޓަކަށް ދެ ފަރާތަކުން ހުށަހެޅުމުން އެކަން ފާހަގަވެ ފޮނުވީ މިނިސްޓްރީގެ ވެރިފިކޭޝަނަށް ކަމަށެވެ. އަދި ދައުރުވަމުން ދަނީ އެ މައްސަލައިގެ ވާހަކަކަމަށް ތަކުރާރުކޮށް ފަޒުލް ވިދާޅުވީ ގާނޫނާއި ހިލާފު އެއްވެސްކަމެއް ކުންފުނީގެ ތެރެއިން ހިންގާފައި ނުވާނެކަމަށެވެ.
ފަޒުލް އިތުރަށް ވިދަޅުވީ ބިންވެރިޔާ ސްކީމްގެ ރެޖިސްޓްރީ އިޝޫ ކުރަނީ އެޗްޑީސީން ނޫން ކަމަށެވެ. އަދި ސަރުކާރުން އިޝޫ ކުރި ބިންވެރިޔާ ސްކީމްގެ ޕްލޮޓުތަކުގެ ރެޖިސްޓްރީ ހުންނާނެކަމަށް ފަޒުލް ވިދާޅުވި އެވެ.
އެޗްޑީސީ ޝާމިލުވަނީ ފަޒުލް ވިދާޅުވި ގޮތުގައި ޕޯޓަލްއަށް އެޕްލިކޭޝަން ލިބުމުންނެވެ. އޭގެ ކުރިން އޮންނަނީ ހައުސިން މިނިސްޓްރީ ދެމެދު އޮންނަ މުއާމަލާތެއްގެ ތެރެއިން ހިނގާ ކަންތައްތައްކަމަށް ފަޒުކް ވިދާޅުވި އެވެ.

