ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ އޮފީހަކުން ގެއްލުނު ފަސް ލެޕްޓޮޕް ފުލުހުން ހޯދައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮފީސް އިމާރާތް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރުކޮޅުފުށީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހިންގަމުން ދާ އޮފީހުގެ ސެކްޝަނަކުން ގެއްލުނު ލެޕްޓޮޕްތައް ހޯދާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ބިންވެރިޔާ ސްކީމްގެ ގޯތި އުސޫލުން ބޭރުން ދިން މައްސަލަ ފެންމަތިވެ، އެކަން ތަހުގީގީ އިދާރާތަކުން ބަލަމުން ދަނިކޮށް އެޗްޑީސީގެ ތެރެއިން ފަސް ލެޕްޓޮޕްތަކެއް ގެއްލުނުކަމަށް ވާހަކަ ދެކެވެން ފެށީ ރޭގެ ވަގުތެއްގަ އެވެ. އޮފީސް ފަޅާލައި ދިހަ ލެޕްޓޮޕް ގެންދިޔަކަމަށް ފެތުރުނު ނަމަވެސް ފުލުހުން ބުނީ، ރިޕޯޓު ލިބިފައި ވަނީ ފަސް ލެޕްޓޮޕް ގެއްލިގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރިން ސުވާލު ކުރުމުން، ފުލުހުން އެންމެ ފުރަތަމަ ބުނީ ލެޕްޓޮޕްތައް ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މީހާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބަންދުގައި ކަމަށެވެ. އަދި އޭނާގެ ފަރާތުން ތަހުގީގަށް މައުލޫމާތުތައް ނަގައި، ލެޕްޓޮޕްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.

ރޭ ދަންވަރު އަނެއްކާވެސް ފުލުހުން ފޮނުވި އިތުރު މެސެޖެއްގައި ބުނީ، ލެޕްޓޮޕްތައް ހޯދައި ރިކަވަރ ކުރެވިފައިވާކަމަށެވެ. މި ލެޕްޓޮޕްތައް ހޯދާފައި ވަނީ ކޮންތަނަކުންކަމާއި، އަދި ހައްޔަރުގައި ހުރި މީހާއާއި ލެޕްޓޮޕްތަކާއި ގުޅެނީ ކިހިނެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

އެޗްޑީސީގެ ތެރެއިން ގެއްލުނީ ފައިނޭންސް ޑިޕާޓްމަންޓުގެ ލެޕްޓޮޕްތަކެއްކަމަށް ސޯޝަލް މީޑިއާގައި ފެތުރި، ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް އެކަން ކުންފުނިން ދޮގު ކުރެ އެވެ. އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިނޭންސް ޑިޕާޓްމަންޓުގެ ލެޕްޓޮޕްތައް ގެއްލިފައި ނުވާކަމަށާއި ފުލުހަށް ހުށަހެޅީ ޕްރޮޖެކްޓު ޑިޕާޓްމަންޓުގައި ބޭނުން ކުރާ ފަސް ލެޕްޓޮޕް ގެއްލިގެން ކަމަށެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ހުޅުމާލެއިން ދޫކުރި ބިންތައް ނުހައްގުން އެހެން ބަޔަކަށް ދިން މައްސަލަ ގޯސްވެ ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކާއި އެކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޑިރެކްޓަރުންގެ ބޯޑު ހިމެނޭހެން ފަޒުލް ވެސް އޭރު ހުރީ ސަސްޕެންޝަނުގަ އެވެ.

މި މައްސަލައިގައި ހިމެނޭ ގޯތީގައި އިންފާރު ރޭނި ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދު ވެސް ހުރީ ސަސްޕެންޝަނުގަ އެވެ

މީގެއިތުރުން މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: