ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި ދެމީހުން ހައްޔަރުކުރީ ތަހުގީގުގެ ބޭނުމަށެވެ. ބަންދަށް ޖަހާފައިވަނީ 30 ދުވަހެވެ.
މި ދެމީހުން ހައްޔަރުކުރީ ޝައްކު ކުރެވިގެން ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް ފެތޭ މިންވަރަށް މަސްތުވާތަކެތި ފެނިފައިވާކަމަށް ކަސްޓަމްސް އިން މައުލޫމާތުދީފައިވެއެވެ.
ތަހުގީގުގައި ބުނެފައިވާ ގޮތުގައި އެއީ އެމީހުންގެ އެއްޗެއް ނޫނެވެ. އެއީ މީހަކު ހަވާލު ކުރި އެއްޗެއްކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް، މައްސަލައިގެ ފުލުހުން ހުށަހެޅި ހެކިތަކަށް ބަލައި، ކޯޓުން ނިންމީ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އޮތް ކަމަށެވެ.

