ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަ ނުލިބޭކަމަށް ބުނާ މުއައްޒަފުންގެ މުސާރަ ލިބުމުން އިންޑިއާއަށް އެނބުރި ދާނެ: އިންޑިއާ ހައިކޮމިޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

މުސާރަ ނުލިބި ތާށިވެފައި ތިބިކަމަށް ބުނާ އިންޑިއާގެ މަސައްކަތްތެރިންގެ ހައްގުތައް ހަމަޖެހިގެންދާނެކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މީހުން އެނބުރި ގައުމަށް ދިއުމަށް ކަނޑައެޅިފައިވާކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގައި މަސައްކަތްކުރަމުންދިޔަ އިންޑިއާގެ މުއައްޒަފުންތަކަކަށް ދަތިތަކެއް ކުރިމަތިވެފައިވާކަމުގެ މައުލޫމާތު ލިބުމާއިއެކު އިންޑިއާގެ ހައިކޮމިޝަނުންވަނީ ކަމާއި ބެހޭ ފަރާތްތަކާއިއެކު އެކަމުގެ މުއާމަލާތްތައް ކުރިއަށް ގެންގޮސްފައެވެ. އަދި އެ ކުންފުނީގެ ޕްރޮޖެކްޓު މެނޭޖަރު ވަނީ މުސާރަ ނުލިބި ގިނަ ދުވަސްތަކެއް ވުމާއިއެކު އިހުތިޖާޖްކުރަމުން ދިޔަ މުއައްޒަފުންގެ މުސާރަ ދެތިން ދުވަހެއްގެ ތެރޭގައި ހަމަޖެހިގެންދާނެކަން އެ ކޮމިޝަނަށް އަންގާފައިކަމަށާއި މިހާރު ކުންފުނީގެ މަގާމުތަކުން އިސްތިއުފާ ދީފައިވާކަމަށެވެ.

ކޮމިޝަނުންވަނީ މަސައްކަތްތެރިންގެ ފަރާތުންވެސް މައުލޫމާތު ހޯދާފައެވެ. އެގޮތުން 196 އިންޑިއާ މީހަކު ކުންފުނީގެ ސައިޓުގައި މަސައްކަތްކުރަމުން އަންނަކަމަށާއި މައްސަލަތައް އުފެދިފައިވާ 39 މީހުންގެ ޕާސްޕޯޓާއި ވިސާވެސް ސައްހަކަމަށެވެ. އެހެންކަމުން މުސާރަ ހަމަޖެހުމާއިއެކު އެނބުރި ގައުމަށް ދިއުމަށް ފުރުމަށް ކަނޑައެޅިފައިވާކަމަށެވެ. ކޮމިޝަނުންވަނީ މި މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރެނާޓަސް ކުންފުނީގައި އެދިފައެވެ.

ނޫސްތަކުން ބުނާގޮތުން މި ފަހުން އެ ކުންފުނީގެ މުއައްޒަފުންތަކެއްވަނީ ސޯޝަލްމީޑިއާގައި ވީޑިއޯ މެސެޖެއް އާންމުކޮށް ރާއްޖެއިން އެމީހުން ސަލާމަތްކޮށްދިނުމަށް އިންޑިއާގެ ސަރުކާރުގެ އެހީއަށް އެދިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: