މި އަހަރުގެ ތެރޭގައި 28 މީހަކު ކީރިތި ގުރުއާން ހިތުން ދަސްކުރުމުގެ އިމްތިހާނު ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުން މި އަހަރުގެ ތެރޭގައި ކީރިތި ގުރުއާން ހިތުދަސްކުރުމުގެ އިމްތިހާނު ހަދަމުންދާކަމަށާއި، 2 މީހަކު އެ އިމްތިހާނު ހެދުމަށްޓަކައި ތައްޔާރުވަމުންދާކަމަށެވެ. އަދި ފަސް އަހަރުގެ ދަރިވަރަކު ދަސްކޮށް މުރާޖާކުރަން އެދިފައިވާކަމަށް މައުލޫމާތު ދީފައިވާއިރު 28 މީހަކު އިމްތިހާނު ނިންމާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.

