ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޑީސީ މައްސަލަ: މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

މޫސާ އަލި މަނިކް (މޫކޭ) - ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި ކުރީގެ ސީއެފްއޯ ޔާސިރު ހަސަން ގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އެކަން ހާމަކޮށްފައިިވަނީ ފުލުހުން މީޑިއާތަކާ ހިއްސާކުރި ޕޯސްޓެއްގައެވެ.

ފުލުހުން ބުނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން މޫކޭ އާއި ޔާސިރު ފުރުން މަނާކުރުމަށް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ. އަދި އެކަން މިހާރު އެ ދެ މީހުންނަށް އަންގާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ ޓީމުތަކަކުން މޫކޭ އާއި ޔާސިރު ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ވަނީ ގެންގޮސްފައެވެ.

ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖްމަންޓުން އެއްވެސް ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ފައިސާ ފޮނުވާފައި ހުރީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓްރާންސްފާ ކޮށްގެން ކަމަށާއި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ކުންފުނީގައި ނުވަތަ އިންވޮއިސްއެއް ކުންފުނީގައި ނެތް ކަމަށް މިހާރުގެ މެނޭޖްމަންޓުން ހާމަކޮށްފައިވެއެވެ. އަދި އޭރު މިފަދަ ކަންކަން ކުރުމަށް އޭރު ހުންނެވި ސީއެފްއޯއަށް އިތުރު މީހެއްގެ އެޕްރޫވަލް އާއި ނުލާ ޓްރާންސްފާ ކުރުމަށް ހުއްދައެއް ދީފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

އެ މައްސަލަ މިހާރު ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުން އަންނަ ކަމަށް އޮގަސްޓު މަހު އާރްޑީސީން ފާހަގަކޮށްފައިވެއެވެ. އަދި އޮޑިޓް އޮފީހުންވެސް އެ ކުންފުނީގެ ހާއްސަ އޮޑިޓުތަކެއް ހަދާފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: