ދެކުނު ކޮރެއާގެ އެއާޕޯޓަކަށް ޖައްސަން އައި ފްލައިޓެއް ވެއްޓި 96 މީހަކު މަރުވެއްޖެއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޖެޖޫ އެއާ ފްލައިޓު ވެއްޓުނުއިރު ދަތުރު ކުރަމުން ދިޔައީ ބެންކޮކްއިން ދެކުނު ކޮރެއާގެ މުއާން އެއާޕޯޓަށެވެ. އޭރު ފްލައިޓުގައި 181 ފަސިންޖަރުން ތިއްބެވެ.
ފްލައިޓު ވެއްޓިފައިވަނީ އެއާޕޯޓުގެ ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. އެގޮތުން ރަންވޭއިން ކައްސާލައިގެން ގޮސް ފާރެއްގައި ޖެހި މުޅި ފްލައިޓުގައި އަލިފާން ރޯވިއެވެ.
މި ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ނިއްވާ ފަރާތްތަކާ ޙަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ފްލައިޓް ވެއްޓެން މެދުވެރިވީ މޫސުމީ ސަބަބުތަކާހުރެ ނުވަތަ މަތީގައި އުދުހޭ ދޫނި އައިނުތަކާހެދި ކަމަށްވުން އެކަށީގެންވެއެވެ.
މި ޙާދިސާގައި މިހާތަނަށް 96 މީހަކު މަރުވެފައިވާއިރު، ދެމީހަކު ސަލާމަތް ކުރެވިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލައިޓްގެ ކްރޫއަކާއި ފަސިންޖަރެކެވެ.
އެހެންނަމަވެސް އިތުރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދެއެވެ.

