ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެން ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ”ހިޔަލަ މާކެޓް“!

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެން ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ”ހިޔަލަ މާކެޓް“ ފެށުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑު (ބީސީސީން) ނިންމައިފިއެވެ.

ބީސީސީން ކުރި އިއުލާނެއްގައި ބުނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގެ އިސްނެގުމާއެކު އެ ކޯޕަރޭޝަނުން ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައި ”ހިޔަލަ ވީކެންޑް މާކެޓު“ގެ ނަމުގައި ޤާއިމުކޮށްފައިވާ ސަރަހައްދަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށެވެ.

މިއީ ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއްކަން ބީސީސީން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، މި މާކެޓަށް ލިބެމުންދާ ތަރުޙީބަށް ބަލައި، އެ ސަރަހައްދުގެ ނަން ”ހިޔަލަ މާކެޓް“ އަށް ބަދަލުކޮށް، އެއީ ވިޔަފާރީގެ ބޭނުމަށް ކޮންމެ ދުވަހަކުވެސް ހުޅުވާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާކަމަށް ބީސީސީން މައުލޫމާތު ދެއެވެ.

ބީސީސީން ބުނީ، ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން، އެ ސަރަހައްދުގައި ބެހެއްޓިފައިވާ ކިއޮސްކްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވަ ކަމަށެވެ. އަދި މި ބަދަލާއެކު، ކިއޮސްކުތައް މެދުވެރިކޮށް ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމުގެ އިތުރު ފުރުސަތުތައް ފަހިވެ، ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް ދެކޭކަމަށްވެސް ބީސީސީން ވަނީ ބުނެފައެވެ.

އެހެންކަމުން ބީސީސީން ވަނީ ކިއޮސްކުތަށް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު، 9 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

”އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ހާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައ،ި ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން“ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުގެ މަތިން ބީސީސީއާއި އިކޮނޮމިކް މިނިސްޓްރީން ގެންދަނީ މިއަހަރުގެ ޖެނުއަރީން ފެށިގެން މި ސަރަޙައްދު ހަމަޖައްސައިދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: