ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ނާމާންކަން ގެނުވި ޕާޓީއެއްކަން ތާރީހުން ފެނޭ: އައިފާން

ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ ރާއްޖެއަށް ނާމާންކަން ގެނުވި ޕާޓީއެއްކަން ތާރީހަށް ބެލުމުން ފެނިގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި އައިފާނު ވިދާޅުވީ، އެމްޑީޕީން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު ވައްކަމުގެ ވާހަކަތައް ދައްކާއިރު ލަދުނުގަންނަތޯ ހިތަށް އަރާކަމަށެވެ. އޭނާ ވިދާޅުވީ، ނިމިދިޔަ ދައުރުގައި އާރްޑީސީން ކުރަމުން އައި ވައްކަމުގެ ވާހަކަތައް އިންތިހާއަށް ބޮޑުވެގެންގޮސް ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް އެވާހަކަތައް ދެކެވެމުންދިޔަކަމަށެވެ.

އައިފާނު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ތިން ފަހަރަށް ތިޖޫރީ ވަގަށް ގެއްލުނު މުއައްސަސާއެއް އާރްޑީސީ ނޫނީ ނެތްކަމަށެވެ. އަދި ވިދާޅުވީ، އެ މައްސަލައިގެ ކަންކަން ހިނގި ގޮތަށް ބަލާއިރު ކުންފުނީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ފަރާތްތަކުގެ މައްޗަށް ވައްކަމުގެ ތުހުމަތުތައް ކުރެވޭކަމަށެވެ.

އޭނާ ވިދާޅުވީ، ވައްކަމުގެ ތުހުމަތުތައް ސާބިތު ކުރެވޭ ކަންކަންވެސް ފާހަގަ ކުރެއްވުނުކަމަށެވެ. އެގޮތުން ޕެޓީކޭޝްގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް މާލިއްޔާތު ގާނޫނާއި ހިލާފަށް ނަގައިގެން އެކިއެކި ބޭފުޅުންގެ އެކައުންޓަށް ޖަމާކޮށްފައިހުރިކަމަށެވެ. އެހެންކަމުން ވައްކަމާއި ގުޅޭގޮތުން ކުރެވޭ ތުހުމަތުގައި ހަގީގަތްތަކެއް ވާކަން ފެނިގެންދާކަމަށް ވިދާޅުވި އެވެ.

އައިފާން ވިދާޅުވީ، އެމްޑީޕީން ވައްކަމުގެ ވާހަތައް ދެއްކުމަކީ ރީތިކަމެއް ނޫންކަމަށް ބުނަމުންދަނީ އެ ސަބަބާއި ހުރެކަމަށެވެ. އައިފާނު ވިދާޅުވީ، ގައުމުގެ މާލީ ހާލަތު ގޯސްކުރުމަށްފަހު އެމްޑީޕީއިން ގައުމުގެ ހަމަމަގަށް އެޅުވުމުގެ ވާހަކަތައް ދައްކާނެކަމެއް ނެތްކަމަށާއި ޕީއެންސީއިން ވެރިކަމާއި ހަވާލުވީ ރާއްޖެ ހަމަމަގަކަށް ގެންދިއުމަށް ކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިންގެ ރާއްޖެއަކަށް ދިއުމަށް ރައްޔިތުން ވޯޓުދިނީ އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިވާ ނޭދެވޭ ކަންކަން ރަނގަޅުކޮށް އެ އަމަލުތަކާއި ގުޅިގެން ފިޔަވަޅުތައް އެޅުމަށް އެދޭތީކަމަށެވެ. އައިފާނު ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި މަސައްކަތްތަކެއް ކުރަން ބަލާއިރު އެމްޑީޕީއަކީ އަބަދުވެސް ދިވެހިރާއްޖެއަށް ނާމާންކަމެއް ގެނުވި ޕާޓީއެއްކަން ތާރީހުން ފެނިގެންދާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: