ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮފީ ޝޮޕްތަކެއް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް އިމިގްރޭޝަން ބެލުމުގެ ދަށަށް!

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމަށް ކުރިޔަށް ގެންދާ ރެއިޑުތަކުގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހިންގާ ބައެއް ކޮފީ ޝޮޕްތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ފަސް ބިދޭސީއަކު ހިފަހައްޓާފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެއާއި ކައިރި ބައެއް އަތޮޅުތަކުގައި ވެސް އިމިގްރޭޝަން ހަރަކާތްތެރިވި އެވެ.

ބިދޭސީން އާންމުކޮށް ކުރަމުންދާ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކާބޯތަކެތި ތައްޔާރު ކުރުކޮށް ވިއްކާ މައްސަލަތައް ވެސް އިމިގްރޭޝަނުން ބަލާފައި ވެއެވެ. އަދި މިފަދަ ގިނަ ގޮޅިތައް ބަލައި ފާސްކުރުމަށް ފަހު، ބިދޭސީންތަކެއް އަތުލައިގަތެވެ.

އެންމެ ފަހުން އިމިގްރޭޝަނުން އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި ވަނީ ލޯކަލް މާރުކޭޓު ސަރަހައްދުގައި އުޅެމުންދާ ބިދޭސީން އަތުލައިގަތުމަށެވެ.

ބިދޭސީން އެކި ގޮތްގޮތުން މަސައްކަތް ކުރާ ވިޔަފާރިތައް ގިނައިރު، އިމިގްރޭޝަނުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އިއްޔެގެ އޮޕަރޭޝަނެއްގައި ހަތަނެއް ބަލައި ފާސްކޮށް ފަސް ބިދޭސީއަތު އަތުލައިގަނެފައިވާކަމަށެވެ. އަދި މި ރެއިޑުތައް ކުރިޔަށް ގެންގޮސްފައި ވަނީ އިމިގްރޭޝުން ފާހަގަކުރި ގޮތުގައި މާލޭގައި ހިންގަމުންދާ ތަންތަނަށް ހާއްސަކޮށްގެންނެވެ.

އަންނަ އަހަރު މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ވިދާޅުވީ ގަވައިދާ ހިލާފުވެގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ފުރުވާލުން ވީހާވެސް އަވަސް ކުރުމަށް އަމާޒު ހިފާފައިވާކަމަށެވެ. އަދި އިމިގްރޭޝަން ވޮޗްއަށް ލިބޭ ރިޕޯޓުތައް ހިމެނޭހެން، މަސައްކަތުގެ ސްޕީޑު އިތުރަށް ހަލުވިކޮށް ރެއިޑުތައް ގިނަ ކުރެވިގެންދާނެކަމަށް ޝަމްއާން ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުތައް މުގުރައި، މުޖްތަމައުގެ އަމަންކަން ގެއްލޭ ގޮތަށް އަމަލު ކުރާ މައްސަލަތައް ވެސް މިފަހުން ވަނީ ބޮޑުވެފަ އެވެ. އެގޮތުން ހަފްތާ ބަަންދުތަކުގައި އާއިލާތައް ކުޑަކުދިންނާއި އެކު ޖަމާވާ އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގުމާއި މަސްތުގެ ހާލަތުގައި ތަނުގައި އުޅުން ފަދަ ކަންކަން ހިމެނެ އެވެ. ޝަމްއާން ވަނީ އިމިގްރޭޝަނަށް ގާނޫނީ ގޮތުން މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ލިބިފައިވާ ބާރުގެ ބޭނުން ކުރާނެކަން ހާމަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: