ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ހިންގަމުން ގެންދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް މައުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލްއަށް މިހާތަނަށް ޖުމުލަ 16 ފަރާތަކުން މައުލޫމާތު ހުށަހަޅާފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް މައުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލްއަށް މައުލޫމާތު ހުށައެޅި 16 މީހުންގެ ތެރެއިން ގުޅުންހުރި ލިޔެކިޔުން ހިއްސާކޮށްފައި ވަނީ 4 މީހުންކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މައުލޫމާތު ހުށަހެޅުމަށް ފުލުހުންގެ ލިންކު މެދުވެރިކޮށް ހިއްސާކުރުމަށް އެ ހިދުމަތުން ވަނީ އެދިފައެވެ.
ފުލުހުން ބުނެފައި ވަނީ މައުލޫމާތާއި ހެކި ހިއްސާކުރައްވާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅި ދާނެ ކަމަށެވެ. ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކުވެސް ހިއްސާކުރެއްވިދާނެ ކަމަށް ވަނީ ބުނެފައެވެ.
މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފައެވެ.

