މި އަހަރުގެ ފަތުރުވެރިިކަމުގެ ކާމިޔާބީއާއެކު ދިވެހިރާއްޖެއިން 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ އާމްދަނީގެ ޓާގެޓެއްގޮތުގައި ފަސް ބިލިއަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ މައި އޮފީހުގައި ބޭއްވި މިކަން ހާމަކުރެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީއާއި، ޗެއާޕާސަން އަބްދުﷲ އިޔާޒެވެ.
2 މިލިއަން ފަތުރުވެރިންނަށް މަރުޙަބާ ކިޔައި ފެބްރުއަރީ މަހު ރާއްޖެއިން ވަނީ މަހެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ ރެކޯޑާއި ދުވަހެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އާ ރެކޯޑެއް ގާއިމްކޮށްފައިވެއެވެ.
މި ކާމިޔާބީގައި އެމްއެމްޕީއާރުސީގެ ހަރަކާތްތައް މުހިންމު ދައުރެއް އަދާކުރިއިރު، ހަރަކާތްތަކުގެ ތެރޭގައި 23 ފެއާ އާއި ރޯޑްޝ،ޯ 15 ސޯޝަލް މީޑިއާ ކެމްޕޭން އަދި 23 ވާޗުއަލް އިވެންޓް ހިމެނެއެވެ.
މީޑިއާތަކަށް ދިން މައުލޫމާތުގައި އެމްއެމްޕީއާރުސީ ބުނީ މީގެ ތެރެއިން އެމްއެމްޕީއާރުސީގެ މުހިންމު ގިނަ މާކެޓްތަކަކަށް ދިވެހިރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ޑިސްކަވަރ މޯލްޑިވްސް ވެބިނާ ސީރީޒް ހިމެނޭ ކަމަށެވެ.
އައިޓީބީ ބާލިން 2024 އާއި އޭޓީއެމް ދުބާއީ 2024 ގައި މި އަހަރު ބައިވެރިވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަންދޫބުންގެ އެންމެ ބޮޑު ވަފުދަށް ވުމާއެކު ދިވެހިރާއްޖެއިން ވަނީ މި މުހިންމު އިވެންޓްތަކަށް އަހައްމިއްޔަތުކަމެއް ދައްކާފައެވެ. އަދި މުހިންމު ފިޔަވަޅެއްގެ ގޮތުން ދިވެހިރާއްޖެ އިން ފުރަތަމަ ފަހަރަށް އައިޓީބީ ޗައިނާގެ ހޯސްޓް ޑެސްޓިނޭޝަންގެ ގޮތުގައި ތަމްސީލްކޮށް ޗައިނާގެ މުހިންމު މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ފުޅާކުރިއެވެ.
މީގެ އިތުރުން އަންނަ އަހަރު ފެށޭ އެންމެ މަގުބޫލު އެއް ގްލޯބަލް ކެމްޕޭނެއް ކަމަށްވާ ދަ ވޯލްޑްސް ބިގަސްޓް ގިވްއަވޭ 2025 އެމްއެމްޕީއާރުސީއިން ޑަބްލިއުޓީއެމް ލަންޑަންގައި ވަނީ އިއުލާންކޮށްފައެވެ، އާ އެއާލައިން ރޫޓުތަކާއި ގިނަވަމުންދާ ފްލައިޓްތައްވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީގައި ފާހަގަކޮށްލެވެއެވެ.
އެމްއެމްޕީއާރުސީއިން ބޭއްވި ފުރަތަމަ ޑޭޓާ ފޯރަމް ވެގެންދިޔައީ މިހާތަނަށް އިރުދެކުނު އޭޝިއާ ސަރަހައްދުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑޭޓާ ފޯރަމްއަށެވެ. އަދި އެމްއެމްޕީއާރުސީގެ ޓޫރިޒަމް ސިމްޕޯޒިއަމް 2024 ގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުގައި ސިނާއަތުގެ ތަރައްގީ އާއި ކުރިއެރުވުމަށްޓަކައި މަޝްވަރާކުރެވިގެން ދިޔައެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީއިން ވަނީ ފްލިގީ، ވެއިޖިން ޕޭ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރ،ީ ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް މޯލްޑިވްސް އިމިގްރޭޝަނ،ް މޯލްޑިވިއަން އެއާލައިންސް އަދި އޭޑީކޭ ހޮސްޕިޓަލާއެކު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށް ފަތުރުވެރިކަމާއި އަދި ގުޅުންހުރި
ދާއިރާއިން ދަތުރުކުރުމުގެ ތަޖުރިބާ އިތުރުކޮށްފައެވެ.

