ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނާ ދެކޮޅަށް ރައީސް އެންމެ ފަހުން އެޅުއްވި ފިޔަވަޅަކީ، އެހެން މީހުންނަށް ލިބުނު ފިލާފަޅެއް: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބިންވެރިޔާ ސްކީމާއި ގުޅުވައި ފެންމަތިވި މައްސަލައިގެ ތަހުގީގުތައް ފަށައި އެޅި ފިޔަވަޅަކީ އެތައް ބަޔަކަށް ލިބިގެން ދިޔަ ފިލާވަޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުން ހައްގު ނޫން ބަޔަކަށް ގޯތި ލިބުނު މައްސަލައިގައި ތަފާތު އެކި ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގުތައް ކުރިޔަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކޮރަޕްޝަނަށް ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާނެކަމުގެ ވަރުގަދަ މެސެޖެއް ކުންފުނިތަކުގެ ވެރިންނަށް ދެއްވާފަ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ރިޔާޒް ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ ގައުމު ތަރައްގީކޮށް އައު އުސްމިންތަކަކަށް ގެންގޮސް ދިނުމަށް ކަމަށެވެ. ހާއްސަކޮށް ދިވެހި ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސް، ތަރައްގީގެ ކުރިއެރުންތައް ލިބިގެންދާނެކަމަށް ރިޔާޒް ވިދާޅުވި އެވެ.

މިފަހުން ފެންމަތިވެގެން އައި ކޮރަޕްޝަނުގެ އެކި މައްސަލަތައް ފާހަގަކުރައްވައި ރިޔާޒް ވިދަޅުވީ، ސަރުކާރުން މިފަދަ މައްސަލަތަކަށް ދެނީ ބީރު ކަންފަތެއްކަމަށް ބައެއް މީހުންނަށް ހީވި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ. އެގޮތުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ހިޔާނާތަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ސީރިއަސް ގޮތެއްގައި މައްސަލަ ބަލައި ފިޔަވަޅު އެޅިގެންދާނެކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތިތަކެއް އުސޫލުން ބޭރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތެރެއިން ދޫކުރިކަމަށް އައި ރިޕޯޓުތަކާއި އެކު ވަގުތުން މައްސަލައިގައި ފިޔަވަޅު އަޅައި އޭރު ކުންފުނީގެ އިސްވެރިއަކަށް ހުންނެވި ފަޒުލް ރަޝީދު ސަސްޕެންޑު ކުރެވިގެން ދިޔަކަމަށެވެ. އަދި ތަހުގީގުގެ ބޭނުމަށް ކުންފުނީގެ ބޯޑުގެ އިތުރުން ބައެއް އިސް މުވައްޒަފުންނާއި މެދު ވެސް ފިޔަވަޅު އެޅިއިރު ދައުލަތުގެ ކަމާއި ގުޅުން ހުރި މުވައްސަސާތަކުން ދަނީ މިކަން ހިނގައިދިޔަ ގޮތް ތަހުގީގު ކުރަމުންކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮރަޕްޝަނަށް މިފިޔަވަޅު އެޅުއްވުމުގެ ސަބަބުން އަޅުގަނޑު ދަންނަވާނީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ނަމޫނާ ފިލާވަޅެއް ލިބިގެން ހިނގައްޖެޔޭ.. އަޅުގަނޑުމެންނަށް ވޭތުވެ ދިޔަ ސަރުކާރުތަކުން ފެނިގެން ގޮއްސި.. މީޑިއާތަކުން ސޯޝަލް މީޑިއާއިން ވަރަށް ގިނަ ގުނަ ގޮތަކަށް ވަރަށް ތަކުރާރުކޮށް އެކި ކުންފުނިތަކުން މިވެނިކަމެއް ކޮށްފިއޭ.. ފްލެޓު ގަނެފިޔޭ.. ތަފާތު ވާހަކަތަކެއް އައި.. އެކަމަކު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ފިޔަވަޅެއް ނާޅާ..

ރިޔާޒް ވިދާޅުވީ ކޮރަޕްޝަނަށް ތުހުމަތުކޮށް، ކުންފުނިތަކުގެ އެކި އިސް ފަރާތްތަކާއި މެދު ދެކެވުނު ވާހަކަތަކަށް ކުރީ ސަރުކާރުތަކުން އެއްވެސް ސަމާލުކަމެއް ދީފައި ނުވާކަމަށެވެ. ހާއްސަކޮށް ކުރީ ސަރުކާރުގައި ހިނގި މިފަދަ ނާޖާއިޒް ފައިދާ ނެގުމުގެ އެތައް މައްސަލައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ދެކެވެމުން ވެސް ފިޔަވަޅު ނަޅާކަން ފާހަގަކުރެއްވި އެވެ. އޭރު ދެކެވުނު ވާހަކަތަކުގެ ތެރޭގައި ބޮޑެތި އެޕާޓްމަންޓުތައް ގަތުމާއި، އާމްދަނީއާއި ނުބައްދަލު މުދާވެރިކަން ލިބިފައިވުން ހިމެނޭކަމަށް ރިޔާޒް ވިދާޅުވި އެވެ.

މި ސަރުކާރަކީ އަމަލީ ގޮތުން ކޮރަޕްޝަން ހުއްޓުވާނެ ސަރުކާރުކަމަށް ތަކުރާރު ކުރައްވައި ރިޔާޒް ވިދާޅުވީ އެއްވެސް މުވައްސަސާއެއް، އިދާރާއެއް ނުވަތަ ކުންފުންޏެއްގެ ތެރޭގައި ވެސް ހިޔާނާތަށް ޖާގައެއް ނޯންނާނެކަމަށެވެ. އަދި އެންމެ ފަހުން ސަރުކާރުން އެޅި ފިޔަވަޅަކީ އެންމެނަށް ލިބިގެން ދިޔަ ފިލާވަޅެއްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: