ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު 27 ދުވަހަށް ޖަލަށް

ކްރިމިނަލް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު 27 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި އެމީހާގެ މައްޗަށް ކޮށްފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީީ ދައުލަތުން ވަނީ އޭނާއާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައެވެ.

އެ އެއްބަސްވުން ޝަރީއަތަށް ހުށަހެޅުމުން ޝަރީއަތުން ވަނީ އިއުތިރާފުގެ އެއްބަސްވުން ބަލައިގަނެފައެވެ.

އެހެންކަމުން މި މައްސަލައިގައި އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އަދި އޭނާ ދައުލަތާއި އެކު ވެފައިވާ އިއުތިރާފު އެއްބަސްވުމުގައިވާގޮތަށް 27 ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.

އޭގެ ތެރެއިން އޭނާ ތަންފީޒު ކުރަންޖެހެނީ 17 ދުވަހުގެ ޖަލު ޙުކުމެކެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އަލީ ނަދީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: