ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ.

ޖިމީގެ އާއިލާއާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އޭނާ އަވަހާރަވެފައިވަނީ އާއިލާއާއެކު އަމިއްލަ ގެކޮޅުގައި ހުންނަވަނިކޮށެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން އޭނާ ގެންދަވަނީ އާލާސްކަންފުޅެއް ޖެހިވަޑައިގެން ގެކޮޅުގައި ފަރުވާ ހޯއްދަވަމުންނެވެ.

އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ހިތާމަ ފާޅު ކުރައްވާފައެވެ.

1977ން 1981ށް ވެރިކަން ކުރެއްވި ޖިމީ ކާޓަރ އަކީ އެމެރިކާގެ 39 ވަނަ ރައީސެވެ. އަދި އޭނާއަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް ދުނިޔޭގައި ހުންނެވި ރައީސެވެ.

ޖިމީ ކާޓަރ އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވެރިންވެސް ގެންދަވަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: