ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024ގެ ފުރަތަމަ ކުއާޓާރ ނިމުނު އިރު ޖީޑީޕީގެ ނިސްބަތުން ދަރަނީގެ އަދަދުތައް 98 އިންސައްތައަށް ދަށްކުރެވުނު: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިނގް
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ ނިމުނު އިރު ޖީޑީޕީގެ ނިސްބަތުން ދަރަނީގެ އަދަދުތައް 98 އިންސައްތައަށް ދަށްކުރެވުނުކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު އެމްއެމްއޭއިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓްގައި ބުނެފައިވާގޮތުން 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގްރާންޓުތައް ހިމަނައިގެން ޖުމުލަ އާމްދަނީ 1.1 ބިލިއަން ރުފިޔާ ނުވަތަ 62 އިންސައްތައިން އިތުރުވެފައިވެއެވެ. އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ މުއައްސަސާއިންވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އަދި ޓެކްސްނޫން އެހެނިހެން ގޮތް ގޮތުން ލިބުނު އާމްދަނީގެ އަދަދުތައް އިތުރުވެފައިވުން ފާހަގަކޮށްފައެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން ވަކިވަކިން ބަލާއިރު އެ މުއްދަތުގެ ނިޔަލަށް ޓެކްސް އާމްދަނީ 600.4 މިލިއަން ރުފިޔާއިން އިތުރުވެފައިވެއެވެ. އަދި ޓެކްސް ނޫން އާމްދަނީ 512.4 މިލިއަން ރުފިޔާއިން އިތުރުވެފައިވާކަމަށް ބުނެފައިފައިވެއެވެ. ލޯނުތައް އަދާކުރުމުގެ ގޮތުން ކުރާ ހޭދަ ހިމަނައިގެން ޖުމުލަ ހަރަދު އިތުުރުވެފައިވާކަންވެސް ރިޕޯޓުގައިވެއެވެ. އަދި ބުނީ އެގޮތުން 2023 ވަނަ އަހަރާއި އަޅާ ބަލާއިރު ސެޕްޓެމްބަރު 2024 ގެ ނިޔަލަށް ހަރަދުތައް 1.2 ބިލިއަން ރުފިޔާ ނުވަތަ 32 އިންސައްތައިން އިތުރުވެފައިވާކަމަށެވެ.

މައިގަނޑު ސަބަބެއްގެ ގޮތުގައި އެ މުއައްސަސާއިންވަނީ ކެޕިޓަލް ހަރަދުތައް އިތުރުވެފައިވުން ފާހަގަކޮށްފައެވެ. އެމްއެމްއޭއިން ބުނެފައިވާގޮތުން ކެޕިޓަލް ހަރަދުތައް 721.9 މިލިއަން ރުފިޔާއިން އިތުރުވެފައިވެއެވެ. މި މުއްދަތަކުގެ ތެރޭގައި ރިކަރެޓް ހަރަދުތައްވެސް 443 މިލިއަން ރުފިޔާއިން އިތުރުވެފައިވާކަމަށް ބުނެފައިވާއިރު ޖީޑީޕީގެ ނިސްބަތުން ދަރަނީގެ އަދަދުތައް ކުޑަކުރެވިފައިވާކަން ހާމަކުރި އެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ފަހު ކުއާޓާރ އާއި އަޅާ ބަލާއިރު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ ނިމުނުއިރު ދަރަނި 1 އިންސައްތައިން އިތުރުކަމަށާއި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު 112.2 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

ނަމަވެސް ޖުމުލަ ދަރަނީގެ އަދަދުތަކަށް ބަލާއިރު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ ނިމުނު އިރު، 2023 ވަނަ އަހަރުގެ ފަހު ކުއާޓާރގައި ޖީޑީޕީގެ ނިސްބަތުން 103 އިންސައްތައިގައި ހުރި ދަރަނީގެ އަދަދުތައްވަނީ 98 އިންސައްތައަށް ދަށްކުރެވިފައިކަމަށެވެ.

މި މުއްދަތުގައި ދަރަނި އިތުރުވުމަށް ދިމާވީ އެތެރޭގެ ދަރަނީގެ ސަބަބުންނެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ދިވެހިރާއްޖޭގެ އިންޓަރނޭޝަނަލް ރިޒާވުގައިވާ ފައިސާގެ އަދަދުތައް އިތުރުވެފައިވާކަންވެސް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެ މަސް ނިމުނު އިރު ޖުމުލަ 616.2 މިލިއަން ޑޮލަރު ހުރިކަމަށާއި އޮކްޓޫބަރު މަސް ނިމުނު އިރު ހުރީ 614.6 މިލިއަން ޑޮލަރުކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާ ބަލާއިރުވެސް އިތުރުކަން ފެނިގެންދާކަމަށާއި އެ އަހަރު ހުރީ 581.2 މިލިއަން ޑޮލަރުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: