ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން މަސްވެރިންނަށް 1.18 ބިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިން މާލެ ފަޅުގައި މުޒާހަރާކުރަމުން ދަނިކޮށް މިނިސްޓަރު ޝިޔާމް މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާ ހިސާބަށް އައިއިރު، މި ސަރުކާރުން މަސްވެރިންނަށް 1.18 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިފްކޯއިން އާންމުކޮށްފައިވާ 2023 ވަނަ އަހަރުގެ ނޮވެންބަރުން 20 އިން ފެށިގެން މިއަދުގެ ނިޔަލަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ތަފާސްހިސާބުންނެވެ.

އެގޮތުން 1.18 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ވަނީ ދައްކާފައެވެ. އެއީ 57،035 މެޓްރިކް ޓަނުގެ މަހަށެވެ.

އެންމެ ފަހު ޕޭމަންޓު ދޫކޮށްފައިވަނީ އިއްޔެއާއި މިއަދެވެ. އިއްޔެ އެކަނި 4،799،791 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއަދު ވަނީ 3،897،859 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެއާއިއެކު މި މަހުގެ ފުރަތަމަ ދުވަހު އެކަނި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ 8,697,650 ރުފިޔާއަށް އަރައިފައެވެ.

މި ސަރުކާރުން އެންމެ ގިނައިން އެއް ދުވަހެއްގެ މައްޗަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ޑިސެމްބަރު ހަތެއްގައެވެ. އެ ދުވަހު 120،547،674 ރުފިޔާ ދޫކޮށްފައިވެއެވެ.

މަސްވެރިން ބާނާ މަހަށްވާ ފައިސާ، 48 ގަޑިއިރުގެ ތެރޭގައި ދޫކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދަށުގައި ހުރި މަސް ދޯނިތަކަށް މި ވައުދު ފުއްދޭނެ އިންތިޒާމްތައް ހަމަ ޖެހިގެން ދިޔައީ 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެންނެވެ.

އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އެކައުންޓް ހުޅުވާފައި ހުރި މަސް ދޯނިތަކަށް 48 ގަނޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ ގޮތް ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: