އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފިއެވެ.
މިދިޔަ ދެ ތިން ދުވަހު ރާއްޖޭގެ ބޮޑު ހިސާބަކަށް ވަނީ ވިއްސާރަކޮށްފައެވެ.
މެޓުން ލަފާކުރާ ގޮތުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
ހަފްތާ ބަންދުގައި މޫސުން ގޯސްވީ ނަމަވެސް ހޮނިހިރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިހާރުގެ މޫސުމާ ގުޅިގެން އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

