2024 ވަނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ކާގޯ އެތެރެކުރެވުނު އަހަރުކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން މިރެކޯޑު ގާއިމް ކުރެވިފައި އޮތީ، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުކަމަށް ވަޖީހު ފާހަގަކުރައްވާފައިވެއެވެ.
2018 ވަނަ އަހަރު ރާއްޖެ އެތެރެ ކުރެވިފައިވަނީ، 63002 ކޮންޓެއިރ (ޓީއީޔޫސް) އާއި 123669 ޖެނެރަލް ޖާގޯ (ފުރައިޓު ޓަންސް) ކަމަށް މައުލޫމާތުދެއްވާފައިވެއެވެ. އަދި 2019 ވަނަ އަހަރު މާބޮޑު ތަފާތެއް ނެތްކަމަށާއި ވޭތުވެ ދިޔަ 5 އަހަރަށް ބަލާއިރު، ކޮވިޑުގެ 2 އަހަރު ދުވަހަށްފަހު ވެސް ކާގޯ އިތުރުވި އަދަދަށް މާބޮޑު ބަދަލެއް ނާންނަކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. ވަޖީހު ވިދާޅުވި ގޮތުގައި އޭގެ މާނަ އަކީ ގައުމުގެ އިގުތިސާދަށް މާބޮޑު ދިރުމެއް އައިސްފާ ނުވާކަމެވެ.
ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ގިނަ ޕޮރޮޖެކުޓު ތަކެއް 2025 ވަނަ އަހަރު ފެށިގެން ދިއުމުން ރާއްޖޭގެ އިގުތިސާދަށް ދުވަހަކުވެސް ނުލިބޭވަރުގެ ކުރި އެރުމެއް މިއަހަރު ލިބިގެން ދާނެކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.

