ޖެނުއަރީ 1 ގައި އެންމެ ގިނައިން މަސް ކިރާފައިވަނީ މަސް ބޯޓުތަކަށް ކަމަށް މިފްކޯއިން ބުނެފިއެވެ.
އެގޮތުން 1 ޖެނުއަރީގައި މަސް ބޯޓުތަކަށް ޖުމްލަ 221.13 މެޓްރިކްޓަނުގެ މަސް ކިރާފައިވެއެވެ.
އެއަށްފަހު ދެން އެންމެ ގިނައިން މަސް ކިރާފައިވަނީ ގއ. ކޫއްޑޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސް އަށެވެ. އެއީ ޖުމްލަ 80.72 މެޓްރިކް ޓަނުގެ މަސްކަމަށްވާއިރު، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކިރާފައިވަނީ 9.4 މެޓްރިކްޓަނުގެ މަހެވެ. މިއީ 1 ޖެނުއަރީގައި ތިން ވަނަ އަށް އެންމެ ގިނައިން މަސް ކިރިތަނެވެ.
މި ދުވަހު މިފްކޯއަށް އިއްޔެ އެންމެ ގިނަ މަސް ގަނެފައިވަނީ ގއ އަތޮޅާއި ގދ އަތޮޅުގެ ދޯނިތަކުންނެވެ. މީގެ އިތުރުން ޅ އަތޮޅާއި، ދ. އަތޮޅުގެ ހަތަރު މަސް ދޯންޏަކުން މިފްކޯއިން ވަނީ މަސް ގަނެފައެވެ.

