ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫރަޕަށް ރަޝިއާއިން ފޮނުވާ ގޭސް ޝިޕްމެންޓުތަކަށް ބުރުއަރައިފި

ގޭޒްޕްރޮމްގެ ގޭސް ފޮނުވާ ހޮޅިއެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާއިން އެތައް ގައުމަކަށް އެކްސްޕޯޓުކުރަމުން އައި ނެޗުރަލް ގޭސްގެ ޝިޕުމެންޓުތައް ހުއްޓިއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ރަޝިއާ އަދި ޔޫކްރެއިން ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ ތެރެެއިންވެސް ދެ ގައުމުންވަނީ ނެޗުރަލް ގޭސް އެކްސްޕޯޓު އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން ޔޫކްރެއިން މެދުވެރިކޮށް ރަޝިއާއިން ޔޫރަޕުގެ ގިނަ ގައުމުތަކަކަށް ގޭސް ފޯރުކޮށްދެމުން އައިސްފައިވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވެ އެ މަސައްކަތްތައް މިހާރު ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. މީގެ ކުރިންވެސް ޔޫކްރެއިންއިންވަނީ އިތުރަށް އެ އެއްބަސްވުން އައު ނުކުރާނެކަމުގެ އިންޒާރުތައް ދީފައިކަން ފާހަގަކުރެވެއެވެ.

ޔޫކްރެއިންގެ އެނާޖީ މިނިސްޓަރު ގްލައުޝެންކޯ ވިދާޅުވީ، އެ ގައުމުންވަނީ ރަޝިއާގެ ގޭސް އެކްސްޕޯޓުތަކުގެ ޓްރާންސިޓް މަސައްކަތްތައް ހުއްޓުވާލާފައިކަމަށާއި، މިއީ ތާރީހީ ކަމެއް ކަމަށެވެ. އެގޮތުން ރަޝިއާގެ މާކެޓު ހިއްސާ ގެއްލިގެންދާނެކަމަށާއި ބޮޑެތި މާލީ ގެއްލުންތައް ވެގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، ޔޫރަޕުގެ ގައުމުތަކުންވަނީ ރަޝިއާގެ ގޭސް ޝިޕްމެންޓުތަކަށް ބަރޯސާވުން ހުއްޓާލުމަށް ނިންމާފައިކަމަށެވެ. ރަޝިއާގެ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއްކަމަށްވާ ގޭޒްޕްރޮމްއިންވަނީ ހަކަތައިގެ ޝިޕްމެންޓުތައް މަޑުޖެހިފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެގޮތުން ޔޫކްރެއިންއިން ޓްރާންސިޓް އެއްބަސްވުން އައުކުރުމަށް ދެކޮޅު ހަދާފައިވުމުން ޝިޕްމެންޓުތައް ފޯރުކޮށްދިނުމުގެ އަމަލީ އަދި ގާނޫނީ ގާބިލުކަން ގެއްލިފައިވާކަމަށާއި ޔޫކްރެއިންގެ ސަރަހައްދުގެ ތެރެއިން ފޮނުވެން ނެތްކަމަށެވެ. ނޫސްތަކުން ބުނާގޮތުން ޔޫކްރެއިންގެ ތެރެއިން ރަޝިއާއިން ޔޫރަޕުގެ ސްލޮވާކިއާ މޮލްޑޯވާ އަދި ހަންގެރީ ފަދަ ގައުމުތަކަށް ގޭސް ޕަމްޕުކުރެއެވެ.

ރަޝިއާގެ ގޭސްއަށް ބަރޯސާވެފައިވާ ޔޫރަޕުގެ ގައުމުތަކުން ނޫސްތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ގައުމުތަކުންވަނީ މި ހާލަތު މެދުވެރިވެދާނެކަމަށް ތައްޔާރުވެފައެވެ. ނަމަވެސް ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯ ވަނީ މި މައްސަލައިގެ ސަބަބުން ޔޫރަޕަށް އަގު ދައްކަން ޖެހުމުގެ ފުރުސަތު އޮތްކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން ޔޫކްރެއިން މެދުވެރިކޮށް ގޭސް ފޮނުވުމުގެ މަސައްކަތްތައް ހުއްޓުވާލުމުގެ ސަބަބުން ޔޫރަޕަށް އެކަމުގެ އަސަރުތައް ކުރާނެއިރު ރަޝިއާ ބަލިކަށިވެގެން ނުދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: