ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންވި ކޮންމެ ވަގުތެއްގައި ރާއްޖެއަށް އެހީވުމުގައި އިންޑިއާ އަބަދުވެސް ނަމޫނާ ދައްކާނެ: ޖައިޝަންކަރް

ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރް
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ނަމޫނާ ދައްކާނެކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރް ވިދަޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ދެ ބޭފުޅުން އެކުގައި ބައްދަލު ކުރައްވައި ޖައިޝަންކަރް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ގޮތުން އިތުރު މަޝްވަރާތަކެއް ކުރުމަށް ދިއްލީގައި ބޭއްވި މި ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ޖައިޝަންކަރު ވިދާޅުވީ މި ބައްދަލުވުމުގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.

ޖައިޝަންކަރް ވަނީ އިންޑިއާ އަބަދުވެސް ރާއްޖެއާއި އެކު ބޭއްވީ ގާތް ގުޅުމެއްކަމާއި، ބޭނުންވި ކޮންމެ ހާލަތެއްގައި އެކުގައި ދެމި އޮތްކަން ފާހަގަކުރައްވާފަ އެވެ. އަދި ނެއިބަހުޑް ޕޮލިސީގެ ދަށުން ފޯރުކޮށްދިން މާލީ އެހީތަކާއި ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވި އެވެ. އޭގެ ތެރޭގައި ހިމެނެނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕްއާއި، 350 މިލިއަން ޑޮލަރުގެ ޓެރެޝަރީ ބިލުތައް ގަތުމެވެ.

މާލީ މި އެހީތަކުގެ ސަބަބުން ރާއްޖެއަށް ދިމާވި ހާލަތުން އަރައިގަތުމުގައި އެހީތެރިކަމެއް ލިބުނުކަމުގެ އުންމީދު ކުރާކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާއި ސޮއި ކުރި އެއްބަސްވުންތަކަށް ލިބިފައިވާ ކުރިއެރުންތައް ވެސް ޖައިޝަންކަރު ވަނީ ހިއްސާކުރައްވާފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާތައް ބިނާކުރައްވާފައި ވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހިގުޅުން އިތުރުކުރުމުގެ މައްޗަށެވެ.

މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކާއި، ފަހުމުނާމާތަކުގައި ސޮއިކޮށް، ނޯޓް ވަރބޭލް ބަދަލުކޮށް، ބައެއް މަޝްރޫޢުތައް ވަނީ ދާދިވަރުކޮށް އިފްތިތާޙުކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގައި، ދެ ޤައުމުން ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިމަގުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީ އާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިޔާދަކުރަނިވި ހަކަތަ އާއި މެރިޓައިމް އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުންދިނުން ފަދަ މައުޟޫޢުތަކުގެ މައްޗަށް ދެ ފަރާތުން މަޝްވަރާކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: