ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސަގެ މަރު: އިސްތިއުނާފަށް ސައްމާޙުގެ ފަރާތުން ޖަވާބުދީފި

މޫސަގެ މަރުގެ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ 7 އަހަރު ކުރިން މާފަންނު އައިޓަމްސް ފިހާރަ ކައިރީ މޫސާ އަހުމަދުގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން  ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ސައްމާހުގެ ފަރާތުން ވަނީ އިސްތިއުނާފަށް ޖަވާބުދީފައެވެ. އަދި އެ ޖަވާބާ ގުޅޭގޮތުން ދައުލަތުންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އެހެންނަމަވެސް ދައުލަތުން ދެއްކި ވާހަކަތަކާ ގުޅިގެން ޝަރީއަތުންވެސް ވަނީ ބައެއް ސުވާލުތައް ކޮށްފައެވެ. އެއަށްފަހު އަޑުއެހުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން އަޑުއެހުން ވަނީ ކުރުކޮށްލާފައެވެ.

ވ.ކެޔޮދޫ ދޭލިޔާގެ މޫސާ މަރާލި މައްސަލައިގައި، އަދ. މާމިގިލީ ޝޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ސައުވާއަކީ ތޫނު އެއްްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ 23 ގައި ހުކުމް ކުރީ އެނާގެ މައްޗަށް ކުށަ ސާބިތު ނުވާ ކަމަށެވެ.

ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

ދައުލަތުން މި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްވެސް އެދުނެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތަށް ހައިކޯޓުން ބަންދުގެ އަމުރެއް ނެރެދީފައެއް ނުވެއެވެ. ދައުލަތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. ސުޕްރީމް ކޯޓުން ދެން ހުކުމްކުރީ ހައި ކޯޓުން އަލުން ގޮތެއް ނިންމުމަށެވެ.

ހައިކޯޓުގައި ހިގަމުންދާ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ނުކުރުމަށް އަނެއްކާވެސް ހައިކޯޓުން އަމުރުކުރީ ސުޕްރީމް ކޯޓުގެ އެންގުމުގެ މަތިން އަލުން ގޮތެއް ނިންމުމަށް ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: