ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ އެކަކަށް ދެ ފްލެޓް ނުލިބޭނެ ކަމުގެ ޔަގީންކަން ދެން: އެމްއެންޑީއެފް

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ސިފައިންގެ ޕެރޭޑް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ މަޝްރޫއުގެ ތެރެއިން ހިޔާ ފްލެޓު ލިބިފައިވާ ދެ ސިފައިންގެ އޮފިސަރަކަށް ސިފްކޯ ފްލެޓު ނުދޭން ނިންމި ނިންމުން ބަދަލުކޮށް، އެމީހުންނަށް ފްލެޓުތައް ޙަވާލުކޮށްފިއެވެ.

މި މައްސަލައިގައި އެ އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ފްލެޓަށް އެދުނުއިރު އަދި ފްލެޓް ލިބޭނެ ކަމަށް ލިޔުން ދޫކުރުމަށް ފަހު އޭރު ނެތް ޝަރުތެއް ކުރިމަތިކުރުވައި ފްލެޓް ނުލިބޭނެ ކަމަށް ނިންމި ނިންމުމަކީ ބާތިލް ނިންމުމަކަށް ކަނޑައަޅުއްވައިދެއްވުމަށެވެ. އަދި އެއީ ފްލެޓު ލިބޭ ފަރާތްކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، ސިފްކޯގް ފެލްޓު ހަވާލު ކުރުމަށް ސިފްކޯގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް މައްސަލައިގައި އެދިފައިވެއެވެ.

އެހެންނަމަވެސް ދައުވާގައި ހިމެނޭ ފްލެޓު ދައުވާކުރާ ފަރާތާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާތީ މުޅި ދައުވާ އަނބުރާ ގެންދިއުމަށް 19 ޑިސެމްބަރު 2024 ގައި އެ ފަރާތުން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ. އަދި އެގޮތުގެ މަތިން ބެލި ބެލުމުން ސިވިލް ކޯޓުން ވަނީ މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފައެވެ.

ސިވިލް ކޯޓުގައި މައްސަލަ ނިންމެވީ ގާޒީ ހާފިޒާ އަބްދުއްސައްތާރުއެވެ.

މި މައްސަލައާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ، ސިފައިންގެ އެކަކަށް ދެ ފްލެޓް ނުލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ސިވިލް ކޯޓުން ކުރި ޙުކުމުގައި އޮތީ އެއީ ދެ ފަރުދުންކަމަށް ބަޔާންކޮށްފައިކަން ފާހަގަ ކުރައްވައި މީޑިއާ އޮފިޝަލު ވިދާޅުވީ، ޙުކުމުގައި އޮތީ ސިފްކޯ ފްލެޓަށް ޑައުންޕޭމަންޓް ވެސް ދައްކާފައިވާ ވާހަކައާއި، ފްލެޓް ހަވާލުކޮށް ލިޔުން ދިން އިރު އެފަދަ ޝަރުތެއް ކުރިމަތިކޮށްފައި ނުވާ ވާހަކަ ކަމަށެވެ.

އަނބިމީހާ ނުވަތަ ފިރިމީހާއަށް ފްލެޓް ލިބުމަކީ އޭނާއަށް ލިބުމެއް ނޫންކަން ފާހަގަކޮށް ސިވިލް ކޯޓުން އެ ވަނީ އެ ޙާލަތުގައި ފްލެޓު ދޭންޖެހޭނެކަމަށް ނިންމާފައިކަންވެސް މީޑިއާ އޮފިޝަލު ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: