ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންބޮޑުވުމުގެ ހާދިސާ: ޖުމްލަ 2.2 މިލިއަން ރުފިޔާގެ ގެއްލުންވި

ޝެއާރކޮށްލާ ކަހަލަދޯ؟

ފެންބޮޑުވުމުގެ ހާދިސާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ ޖުމްލަ 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

އެންޑީއެމްއޭއިން 3 ޖެނުއަރީގައި ރާއްޖެއަށް ކުރި ވިއްސާރައާއި ގުޅޭ ތަފްސީލުތައް ހާމަކޮށް ބުނެފައިވަނީ ޖެނުއަރީ 3 ވަނަ ދުވަހު 00:00 އިން 4 ޖެނުއަރީ 00:00 އަށް އެންމެ ބޯކޮށް ވާޜޭ ވެހުނީ މާލެއަށް ކަމަށެވެ. އެއީ 161.9 މިލިމީޓަރު ކަމަށާއި އަދި އެއީ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް އެހާ ބޯކޮށް ވާރޭވެހުމުގެ ރެކޯޑެއް ކަމަށެވެ. އަދި 3 ގަޑިިއރު ތެރޭގައި 109.8 މިލިމީޓަރުގެ ވާރޭ ވެހުން ކަމަށާއި އެއީވެސް 3 ގަޑިއިރަށް ބަލާއިރު ރެކޯޑު އަދަދެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ފެންބޮޑުވުމުގެ ހާދިސާއަށް އިޖާބަ ދިނުމުގެ ގޮތުން ސިޓީކައުންސިލަށް 20،000 ވެލި ބަސްތާ ފޯރުކޮށްދީފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. މި ހާދިސާގައި މާލެއިން 740 އަށް ވުރެ ގިނަ ތަންތަނުގެ ރިޕޯޓުކޮށްފައިވާއިރު އޭގެތެރޭގައި، އޮފީސް، ސްކޫލު، ގޭބީސީ އަދި އެކި ވިޔަފާރިތައް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. އަސަރުކޮށްގެން ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގޭބީސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން 2 ދުވަހުގެ މުއްދަތަށް ފޯރުކޮށްދިން ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ފެންބޮޑުވުމާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗާއި އިމާރާތައް އެކިވަރުގެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމެނަންޓް ހަދަންޖެހޭ ކަމަށް މާލެއިން 145 ގޭ ބީސީއެއް ފާހަގަކުރެވުނު ކަމަށް އެންޑީއެމްއިން ވަނީ ބުނެފައެވެ. މީގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް މިހާރު ވަނީ އެއްކޮށް ހަދާ ނިމިފައި ކަމަށާއި، 13 ގެއަކުން އެސެސްމެންޓު ހަދަން ބޭނުންނުވާކަން އަންގާފައިވާއިރު އެކިސަބަބުތަކާއި ހެދި ގެއަށް ނުވަދެވިގެން އެސެސްމެންޓުތައް ނުހެދޭ 17 ތަނެއް ވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ ވިއްސާރައިގެ ސަބަބުން ރަށްރަށަށް އުދައެރަގެން 2 ރަށަކުން ރިޕޯޓްކޮށްފައިވާއިރު ފެންބޮޑުވުމުގެ ސަބަބުން 8 ރަށަކުން ރިޕޯޓު ކުރިކަމަށެވެ. އޭގެތެރއިން 4 ރަށެއްގައި 73 ގެއަކަށް އެކިވަރުގެ ގެއްލުންވެގެން އެސެސްމެންޓް ހެދުމަށް ފޯމު ހުށައަޅައިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ވިއްސާރަ އާއި ގުޅިގެން 2.2 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވާއިރު އެއީ ވިޔަފާރިތަކާއި ގުދަންފަދަ ތަންތަން ނުހިމެނޭގޮތަށް ކަމަށް ވަނީ ބުނެފައެވެ. އަތޮޅުތެރޭގެ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 8 ލައްކައަށް އަރާއިރު އޭގެތެރޭގައި ދަނޑުބިން ތަކާއި، އެކިއެކި ވިޔަފާރިތަކާއި، ގުދަން އަދި މިފަދަ އެހެންތަންތަން ނުހިމެނޭ ކަމަށް ފާހަގަކޮށްފައިވެއެވެ.

ފެންބޮޑުވުމުގެ އޮފަރޭޝަނަށް 61،500 ރުފިޔާ ހަރަދުވިކަމަށާއި އަދި ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު މީހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމަށް ދެލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ  ބުނެފައެވެ.

އެންޑީއެމްއޭއިން މި އޮޕަރޭޝަން ފާހަގަކުރަނީ  މިހާތަނަށް މާލެއަށް ބޯކޮށް ވާރޭވެހިގެން ހިންގި އެންމެ ބޮޑު އޮފަރޭޝަންގެ ގޮތުގައެވެ. އަދި ލިބުނު ގެއްލުންތައްވެސް އެންމެ ބޮޑީ މިފަހަރުކަމަށް ވަނީ ބުނެފައެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ އަދިވެސް ދަނީ އެސެސްމެންޓުތައް ހެދުމާއި އިންސާނީއެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: