ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގައި ތަރައްގީގެ އައު އުސްމިންތަކަކަށް ދާނެ: އަސަދުﷲ

ގއ. ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި، ތަރައްގީގެ އައު އުސްމިންތަކަކަށް ދާނެކަމަށް ގއ. ދެއްވަދޫގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެއްވަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި އަސަދު ވިދާޅުވީ މިއަދު އެ ރަށަށް ބޭނުންވެފައި ވަނީ ވަށާޖެހޭ ހައްލެއްކަމަށެވެ.

ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތަކުގެ ތެރެއިން ރަށް ގިރުމުގެ މައްސަލަ ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަސައްކަތް ރޭވިފައި ވަނީ ޖުމްލަ ހައްލެއް ގެނެވޭ ގޮތަށް ބްރޭކް ވޯޓަރ ޖަހައިގެން ކަމަށެވެ. ނަމަވެސް ބެކްފިލް ޖެހުމަށް 20،000 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާކަމަށާއި އަދި ވެލި ނެގެން އޮތީ މިހާރުގެ ބަންދަރު ބޮޑުކުރަން އޮތް ސަރަހައްދުން ވެލި ނަގައިގެންކަމަށް އަސަދު ވިދާޅުވިއެވެ.

ދެއްވަދޫގައި ބިން ހިއްކުމުގެ ޕްރޮޖެކްޓަށް ގެނެވުނެ ބަދަލަށް އަލިއަޅުވަމުން މެމްބަރު ވިދާޅުވީ، ރަށުގައި 5 ހެކްޓަރާއި 7 ހެކްޓަރާއި ދެމެދުގެ އަދަދަކަށް ބިން އިތުރުކުރެވިގެން ދާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ.

މީގެއިތުރުން، އެބިމަކީ ދެއްވަދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ގެނެސްދެވޭނެ ކަމެއްކަމަށައާއި އަދި ކުނިކޮށީގެ މައްސަލައަށް ވެސް ހައްލެއް ގެނެވޭނެކަމަށް އަސަދުﷲ ވިދާޅުވިއެވެ.

ބަަަންދަރުގެ މަސައްކަތް ނިމުމުން ކުރިއަށް އޮތް 25 އަހަރަށް ޖާގައިގެ ގޮތުން ތަނަވަސް ބަންދަރެއްގެ ގޮތުގައި އޮންނާނެކަމަށް އަސަދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: