ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާނުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސިޔާސީ ބޭނުމުގައިކަމަށް ބުނެ ދައުވާތަކަށް އިންކާރުކޮށްފި

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދިފާއުން ދައުވާތަކަށް ޖަވާބުދާރީވުމެވެ. އެގޮތުން މައުމޫނުގެ ފަރާތުން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ 7 ދައުވާއަށްވެސް އިންކާރުކޮށްފައެވެ.

މައުމޫނުގެ ފަރާތުން ދައުވާއަށް އިންކާރު ކުރާކަން ފާހަގަ ކުރައްވައި ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަކީ މައުމޫނުގެ އަބުރު ކަތިލުމަށް އުފުލާފައިވާ ދައުވާތަކެއްކަމަށެވެ.

އަދި އެ ދައުވާތަކުގައި ހިމަނާފައިވާ ކަންކަމަކީ އެތައް ބަޔަކު ގުޅިގެން މެނުވީ ނުކުރެވޭނެ ކަންކަމުގެ ތުހުމަތުތަކެއް ކަމަށާއި، އެހެންކަމުން އެއީ ހަމަހަމަކަމުގެ އަސާސެއް ނެތި އުފުލާފައިވާ ދައުވާތަކެއްކަން އެނގޭކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މިސާލަކަށް އޭގެ ތެރެއިން ބައެއް ކުންފުނިތަކާއެކު ކުރެވިފައިވާ މުއާމަލާތްތަކަށް ބަލާއިރު، ބައެއް ކުންފުނިތަކުގެ ޕްރޮޕޯސަލްތަކަކީ ކުންފުންޏަށް އައިސްފައިވާ ޕްރޮޕޯސަލްތައް ކަމަށާއި، އެކަމާ ގުޅޭ މަސައްކަތްތައްވެސް ކޮށްފައިވަނީ ޕްރޮކިއުމަންޓުގެ ތެރެއިންކަމަށް ވަކީލު ވިދާޅުވިއެވެ.

އެ މަރުޙަލާތަކުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ބައިވެރިވުމެއްވެސް ނޯންނާނެކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ޕްރޮކިއުމަންޓުގެ މުވައްޒަފުންވެސް މަސައްކަތް ކޮށްފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި، އެ މުވައްޒަފުންނަށް މައުމޫނުވެސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާކަން އެމީހުންގެ ބަޔާނުންވެސް އެނގޭކަމަށް ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، އެފަދަ ޕްރޮޕޯސަލްއަކާ ގުޅޭ މަޝްވަރާތަކެއް ފުރަތަމަ ކުރަން ޖެހުނީވެސް އޭރު މަސައްކަތް ޙަވާލުކޮށްފައި އޮތް ކުންފުނީގެ މައްސަލަތައް ދިމާވެ، ކުންފުންޏަށް ގެއްލުންތައް ކުރިމަތިވުމާއި، ރައްޔިތުންނަށް ދޭ ޚިދުމަތަށްވެސް ބުރޫ އެރުމުންކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދިފާއީ ވަކީލު ވިދާޅުވީ، ވަކި މަސައްކަތެއް ވަކި ކުންފުންޏަކަށް ދިނުމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ޙައިސިއްޔަތުން އެއްވެސް މަސައްކަތެއް މައުމޫނު ކޮށްފައިނުވާނެ ކަމަށެވެ.

މި މައްސަލައިގެ ދައުވާތަކުގައި މައުމޫނާ އެއްވެސް ގުޅުމެއްވެސް ނެތް ކުންފުނިތައްވެސް ހިމެނޭ ކަމަށާއި، ނަމަވެސް މައުމޫނު ފިޔަވައި އިތުރު އެއްވެސް މީހަކަށް ފިޔަވަޅެއް އަޅާފައިނުވާކަމަށް ވަކީލު ވިިދާޅުވިއެވެ. އެހެންކަމުން މިއީ މައުމޫނުގެ ސިޔާސީ ކެރިއަރ ދުއްވާލުމަށް އުފުލާފައިވާ ސިޔާސީ ދައުވާތަކެއްކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގެ ދައުވާތަކުގެ ތެރޭގައި މައުމޫނުގެ އެކައުންޓަށް ސީދާ ފައިސާ ޖަމާކޮށްފައިވާކަމަށް ބުނާ ކުންފުނިތަކަކާއި، އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް ޖަމާކޮށްފައިވާކަމަށް ބުނާ ފައިސާ ހިމެނެއެވެ. ނަމަވެސް އެ ކަންކަމަށް މައުމޫނުގެ ފަރާތުން އިންކާރު ކުރެއެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވާފައެވެ. އެގޮތުން 26 ޖެނުއަރީގެ ނިޔަލަށް އެ ފުރުސަތުު ވަނީ ދެއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: