ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ހަރަކާތްތައް މަދުކޮށް، ކިޔަވަން ހޭދަކުރާ ގަޑި އިތުރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި

ސްކޫލު ދަރިވަރުނތަކެއް/ ފޮޓޯ-ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ޖަލްސާއެއްގައި، ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މަދުކޮށް، ދަރިވަރުން ކިޔެވުމަށް ހޭދަކުރާ ވަގުތު އިތުރުކުރުމަށް ނިންމައިފިއެވެ. މި ނިންމުން ހާމަކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީޢުއެވެ.

މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތީ މާލޭގެ ހުރިހާ ސްކޫލްތަކާއި، އަތޮޅުތަކުގެ ކޮންމެ ޒޯނަކުން ސްކޫލްތަކާއި، ރަށްރަށުގެ ބައެއް ކައުންސިލްތަކާއި، ކުޅިވަރު ޖަމްޢިއްޔާތަކާއި، ސްކޫލްތަކުގެ ކުޅިވަރު ސުޕަވައިޒަރުންނާއި، ސްކައުޓް އަދި ކަބް ސްކައުޓުންނެވެ. މާދަމާވެސް މިފަދަ އިތުރު ޖަލްސާއެއް އޮންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިނިސްޓަރ ޝަފީޢު ވިދާޅުވި ގޮތުގައި، 2019 ވަނަ އަހަރު 200 އިތުރު ހަރަކާތް ކުރިއަށް ގެންދެވުނު އިރު، މިދިޔަ އަހަރު އެ އަދަދު 111 އަށް ދަށްކޮށްފައިވެއެވެ. މިއީ ދަރިވަރުންގެ މައްޗަށް އަންނަ ބުރަ މަދުކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރ ޝަފީޢު ވިދާޅުވީ ސްކޫލްތަކުން ކުރިއަށް ގެންދާ އެކްސްޓްރާ ކަރިކިއުލަރ އެކްޓިވިޓީތަކަކީ ތަޢުލީމީ ނިޒާމަށް ފުށުއަރާ ކަމެއް ކަމަށެވެ. ނަމަވެސް، އިތުރު ހަރަކާތްތައް ކުރިއަށް ގެންދާއިރު ދަރިވަރުންގެ ކިޔެވުމަށް ބުރަ ނުވާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަދަލާ ގުޅިގެން، ދަރިވަރުންނަށް ކިޔެވުމަށް އިތުރު ވަގުތު ލިބި، ތަޢުލީމީ ފެންވަރު މަތިވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އުންމީދު ކުރެއެވެ. މި ނިންމުން ތަންފީޒުކުރަން ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 12%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 5%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: