ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 އަހަރުން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އެމްޑީޕީގެ މަސައްކަތުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ވޯޓުލެވޭ އުމުރު 21 އަހަރަށް ބަދަލުކުރަން އުޅޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މި ވާހަކަ ޝާހިދު ވިދާޅުވެފައިވަނީ ރޭ ބޭއްވުނު އެމްޑީޕީގެ ”ފުދިއްޖެ ފުނޑިއްޖެ“ ނަމުގައި ބޭއްވުނު ކަންމަތީ ޖަލްސާގައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި 18 އަހަރު ފުރިފައިވާ ކޮންމެ މީހަކީ ޒިންމާ އުފުލުމުގެ ގާބިލިއްޔަތުކަން ލިބިގެންވާ މީހެކެވެ. އެގޮތުން ވޯޓު ލުމާއި، ކައިވެނި ކުރުމާއި ޖިނާއީ ކުށުގެ ޒިންމާ ނެގުމަކީ ވެސް 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކު ނަގަންޖެހޭ ޒިންމާއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މި އުޅޭ ކަމަކީ ކިހާ ވަރަކަށްތޯ 18 އަހަރު ފުރި 21 އަހަރު ނުފުރޭ ޒުވާނުން ބަސް ބުނަނީ ބެލުން. އެ ކުދިން ޗުއްޕު ވެސް ނުބުނެ މިކަމުގައި ތިބެއްޖެނަމަ ދެން އަންނަން އޮތީ މަޖިލީހުގައި އޮތް ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ވޯޓު ލެވޭނީ 21 އަހަރުވުމުން ކަމަށް ގާނޫނުއަސާސީ ބަދަލުކުރުން. ސިނގިރޭޓާ ބެހޭ ގޮތުން ކުރައްވާފައި އޮތް ކަމަކީ ވަކަރަށް ޖެހުން“ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ވޯޓުލުމުގެ ޙައްޤު ހޯދައިދީފައިވަނީ އެމްޑީޕީން ވަކާލާތުކޮށްގެން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: