ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ މެކޭނިކަލް ޓްރެއިނިންގ ސެންޓަރުގެ މަސައްކަތް ކުރިޔަށްދޭ: ފަހުމީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެކޭނިކަލް ޓްރެއިނިންގ ސެންޓަރު ހެދުމުގެ މަޝްރޫޢު ކުރިޔަށްދާ ކަމަށް ކުންފުނީގެ ސީއީއޯ ހުސައިން ފަހްމީ ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭ ޓްރެއިނިންގ ސެންޓަރު ހެދެމުންދަނީ ކ. ތުލުސްދޫގައެވެ.

މި މަޝްރޫޢުއާ ގުޅޭގޮތުން ފަހްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި އިމާރާތަކީ ސްޓެލްކޯގެ މުވައްޒަފުންގެ ޚާއްޞަ ހުނަރު ފެނިގެންދާނެ ތަނެއް ކަމަށެވެ. އަދި މި އިމާރާތް ހެދުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ހެދި ޑިޒައިނާއި ރޭވުމުގެ ހުނަރު ފެނިގެންދާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ފަހްމީ އިތުރަށް ވިދާޅުވެފައިވަނީ މި އިމާރާތް ހެދުމުގެ މަސައްކަތުގައި ކޮންސެޕްޝަނުން ފެށިގެން އެގްޒެކިއުޝަނާ ހަމައަށް މުޅިންވެސް ކުރިޔަށްދާނީ ސްޓެލްކޯގެ ފަރާތުން ކަމަށެވެ. މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ކުރާ މަސައްކަތްތަކަށް ފަހްމީ ވަނީ ތަޢުރީފުގެ ބަސްތައް ރައްދުކުރައްވާފައެވެ.

ސްޓެލްކޯއިން ބިނާކުރަމުންދާ މި އިމާރާތުން 300 މީހުންނަށް ތަމްރީނު ދެވިގެންދާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫޢުގެ ސަބަބުން ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ތަމްރީނުތައް ލިބި، ކުންފުނީގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: