އެކްސަސައިޒް ”އެކުވެރިން“ ސިލްސިލާގެ 13 ވަނަ އެކްސަސައިޒް އެމްއެންޑީފް ނޮދަން އޭރިއާ ކޮމާންޑުގައި ފަށައިފިއެވެ.
އެމްއެންޑީއެފްއާއި އަވަށްޓެރި އިންޑިއާގެ ދިފާއިބާރާއިއެކު ކުރިޔަށް ގެންދާ އެކްސަސައިޒް ”އެކުވެރިން“ ގެ 13 ވަނަ އެޑިޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ޓްރެއިނިންގ ސެންޓަރ ގާއިމުކޮށްފައިވާ ޅ. މާފިލާފުށީގައެވެ.
އިންޑިއާއާއި ގުޅިގެން ކުރިޔަށް ގެންދާ އެކްސަސައިޒް ފައްޓަވައިދެއްވީ، ޗީޕް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙަލީމްއެވެ. އިންޑިއާއާއި ދިވެހިރާއްޖެއި ގުޅިގެން ހިންގާ ތަމްރީނުތަކުގެ މުހިންމުކަން އަލިއަޅުއްވާލައްވައި ޗީފް އޮފް ޑިފެންސް ފޯސް ވާހަކަފުޅުވެސް ދެއްކެވިއެވެ.
މި އަހަރު އެކްސަސައިޒްގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ފެބްރުވަރީ 2 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ.

