ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‎ނައޫރޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސަށް، ރައީސް ތަހުނިޔާ ފޮނުއްވައިފި

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނައޫރޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަދި ހެޑް އޮފް ސްޓޭޓް، ހިޒް އެކްސެލެންސީ ޑޭވިޑް ރަނިބޮކް އަޑެއާންގް އަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މި ތަހުނިޔާގެ މެސެޖުގައި، އެ ޤައުމުގެ އިސް ވެރިންނާއި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައިވެއެވެ.

‎ނައޫރޫގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހެވެ. ދިވެހިރާއްޖެ އާއި ނައޫރޫއާ ދެމެދު ދާޚިލީ ގުޅުން ޤާއިމުކޮށްފައިވަނީ 2000 ވަނަ އަހަރުގެ މޭ މަހުގެ 9 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: