ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ’ވިން އަ ސްޕީޑްބޯޓް‘ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ދިރާގުގެ ’ވިން އަ ސްޕީޑްބޯޓް‘ ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.

މި ނަސީބުވެރި ފަރާތް ހޮވައިފައިވަނީ، ’ވިން އަ ސްޕީޑްބޯޓް‘ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ފޯރިގަދަ މިއުޒިކް ޝޯއެއްގައެވެ. ދިރާގު މޮބައިލް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން، އަލް ޝާލީ މެރިން މަޖެލަން 32 ބޯޓެއް، ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނާއެކު ހާސިލްކުރި ފަރާތަކީ ހުސައިން ފަޔާޒް – ގއ. ވިލިނގިލިއެވެ.

މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތިން ވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަންކޮށްފައެވެ. މި ގޮތުން ނެކްސާ މޯލްޑިވްސް އިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި ގުރުއަތު ނެގި ވަގުތު އެ ތަނުގައި ހަރަކާތްތެރިވެފައެވެ.

’ވިން އަ ސްޕީޑް ބޯޓް‘ ޕްރޮމޯޝަންގެ ގުރުވަތު ނެގުމަށް ބޭއްވި ޝޯގައި އެކިއެކި ދިވެހި މިއުޒް ފަންނާނުންގެ ފުރިހަމަ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފައެވެ. އަދި، މި ޝޯ ކުރިއަށް ދިޔައީ ގިނަ ރަހަތަށް ހިމެނޭ ފުޑް ސްޓޯލްތަކާ އެކީގައެވެ.

ދިރާގަކީ އަބަދުވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންދާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: