ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް ނިމެންދެން ބަންދުގައި 400 އަށް ވުރެ ގިނަ މީހުން!

ޕީޖީ އޮފީހުގެ ރިސެޕްޝަންގައި މީހަކު ހިދުމަތް ހޯދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ނިމެންދެން ބަންދުގައި 400 އަށް ވުރެ ގިނަ މީހުން އެބަތިބިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އެ މައުލޫމާތުތައް ހިއްސާކުރެއްވީ ހޮނިހިރު ދުވަހު ކުރިއަށްދިޔަ ”ބަންދު ފޯރަމް“ ގައި ވާހަކަ ދައްކަމުންނެވެ.

ޕީޖީ އޮފީހުން ބުނީ، ޝަރީއަތުން ޙުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުކުރުމާއި، ބަންދު މުރާޖައާ ކުރުމުގައި ހިފަހައްޓާ ހަމަތަކާއި އުސޫލުތައް ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން އެ އޮފީހުން ބަލަހައްޓަމުން ގެންދާ ކަމަށެވެ.

އޭގެ އިތުރުން، ޝަރީއަތް ނިމެންދެން މީހުން ބަންދުކޮށްދިނުން އެދި ކޯޓަށް ހުށަހެޅުމުގައި އެ އޮފީހުން ގެންގުޅޭ މިންގަނޑުވެސް އެކި ފަހަރުމަތިން މުރާޖައާކޮށް ހަރުކަށިކޮށްފައިވާނެކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، އެ ބަދަލުތަކާއެކުވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ އަދަދު މަދު ނުވާ ކަމަށެވެ.

ޕީޖީ އޮފީހުން މި ފޯރަމްގައި ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 20 ޖެނުއަރީ 2025 އާ ހަމައަށް 435 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަތިއްބެވެ. އޭގެ ތެރެއިން 364 މީހުންނަކީ މޯލްޑިވްސް ކަރެކްޝަން ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި މީހުންނެވެ. ބާކީ 71 މީހުންނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ތިބި ރިމާންޑު ޖަލަށް ބަދަލުކުރަންޖެހޭ މީހުންނެވެ.

މިވަގުތު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން 30 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުންނެވެ. ދެވަނައަށް އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނެވެ.

މީގެ އިތުރުން، ގޭންގް މާރާމާރީތަކުގައިވެސް 79 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ޓެރަރިޒަމްގެ ކުށްތަކުގައި 17 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި މިކަމުގައި މައްސަލައަކީ ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމަށްފަހު ދިގު މުއްދަތަކަށް ޙުކުމަކާ ނުލައި ބަންދުގައި ބައިތިއްބަން ޖެހުމާއި، ބަންދުގައި ބައިތިއްބަން ޖެހޭ މީހުންގެ އަދަދު ގިނަވުމެވެ.

އޭގެ އިތުރުން، ބަންދު ކުރުމުގެ ބަދަލުގައި އަޅާނެ އިތުރު ގިނަ ފިޔަވަޅުތަކެއް ނެތުމާއި، މޮނިޓަރ ކުރުމުގެ ހަރުދަނާ ނިޒާމެއް ނެތުމުގެ ކަންބޮޑުވުންވެސް ޕީޖީ އޮފީހުން ހިއްސާކޮށްފައިވެއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބެންޖެހޭ މައްސަލައަށް އެކަށީގެންވާ ޙައްލުތަކެއް ގެނައުމަކީ މި ސަރުކާރުގެވެސް މުހިއްމު ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: