ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް ދޭ އެހީއަކަށް 69 މިލިއަން ޑޮލަރު!

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ދިވެހި ރާއްޖެއަށް ދޭ ހިލޭ އެހީއެއްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބަޖެޓެވެ.

އިންޑިއާގެ ސަރުކާރުން ހުށަހެޅި ބަޖެޓުގައި ވަނީ ރާއްޖެއަށް އެހީއެއްގެ ގޮތުގައި 69 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. މިދިޔަ އަހަރު އެ ގައުމުން ފާސްކުރި 2024 – 2025 ގެ ބަޖެޓުގައި ރާއްޖެއަށް ދޭން ކަނޑައެޅީ 72 މިލިއަން ޑޮލަރު ނަމަވެސް ފާސްކުރި އަދަދަކީ 54 މިލިއަން ޑޮލަރެވެ.

އިންޑިއާއިން އެކި ގައުމުތަކަށް އެހީތައް ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ގައުމުތަކުން އެންމެ ބޮޑު އަދަދެއް ދިނުމަށް ނިންމާފައި ވަނީ ނޭޕާލްއާއި ބޫޓާނަށެވެ.

ރާއްޖެއަށް ދޭ އެހީ ބޮޑު ކުރުމަށް އިންޑިއާއިން ނިންމި އިރު މިދިޔަ އަހަރު އެ ގައުމާއި ދެމެދު އޮތް ގުޅުމަށް އަސަރު ކުރާ ގިނަ ކަންތަކެއް ފެންމަތިވެގެން އައެވެ. އަދި އޭގެ ކުރިން ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާގެ ސިފައިންގެ މައްސަލައިގައި ވެސް އޮތީ ގުޅުން ގޯސްވެފަ އެވެ.

ވެރިކަމަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިންގެ މައްސަލައިގައި ދެ ގައުމު އެކުގައި މަޝްވަރާ ކުރީ ޑިޕްލޮމެޓިކް އުސޫލުން ކަމަށެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވާފައި ވެއެވެ.

މިދިޔަ އަހަރު ފަހުކޮޅު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާކޮށް އެކި ދާއިރާތަކުން ސޮއިކޮށްފައި ވެއެވެ. އަދި އިންޑިއާއިން ވަނީ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: