ރެޑްވޭވް އިން ބޭންކް އިފް މޯލްޑިވްސްއާއެކު ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. ”ރަން ފުރުސަތު“ ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި ރެޑްވޭވް ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން، ފެބުރުވަރީ މަހު ބީއެމްއެލް ކާޑުން ރެޑްވޭވް އިން ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗަރއެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އަދި 1 މާރިޗު އިން ފެށިގެން 7 އޭޕްރީލް ގެ ނިޔަލަށް ރެޑްވޭވް އިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

