ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިން ބައްދަލުކޮށްފި

ރާއްޖެއާއި ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އިބްރާހިމް ހިލްމީ އަދި ޕާކިސްތާގު ޗީފް އޮފް އާރމީ ސްޓާފް ޖެނަރަލް ސައީދް އާސިމް މުނީރް ދެމެދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

ޕާކިސްތާނުގެ ނޫސްތަކުން ބުނާގޮތުން ރާއްޖެއާއި ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިން ބައްދަލުކޮށްފައިވަނީ އެ ގައުމުގެ ރާވަލްޕިންޑީގައި ހުންނަ ޖެނަރަލް ހެޑްކުއާޓާޒްގައިކަމަށެވެ. މި ބައްދަލުވުމުގައި ދެ ފަރާތުގެވެސް މަސްލަހަތު ހިމެނޭ ދާއިރާތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު އޭގެ ތެރޭގައި ދެ ގައުމުގެ ދެމެދު އަސްކަރީގޮތުން ކުރެވޭ މަސައްކަތްތަކާއި ސަރަހައްދީ ސަލާމަތީ މަސައްކަތްތައްވެސް ހިމެނޭއިރު މިކަންކަމާއިމެދު ތަފްސީލީ ގޮތެއްގެ މަތިން ވާހަކަދެކެވުންކަމަށް ބުނެފައިވެއެވެ.

ދެ ގައުމުގެ ދެމެދު އޮތް ގުޅުން ދެމެހެއްޓިފައި އޮތުމާއިމެދު އުފާކުރާކަންވެސް ދެ ފަރާތުންވެސް ހިއްސާކޮށްފައިވާއިރު އެއީ ސަރަހައްދީ މައްސަލަތަކާއިމެދު އެއް ނަޒަރިއްޔާއެއް ގެންގުޅުމުގެ މައްޗަށް ބިނާވެ އޮތްކަމެއް ކަންވެސް ފާހަގަކޮށްފައިވާކަމަށެވެ. ބަދަލުވަމުންދާ ސަލާމަތީ މަސްރަހުގެ ކަންކަމާއިމެދު އެއްބަސްވެ ދެ ލީޑަރުންވެސްވަނީ އިތުރަށް ގުޅުންތައް ވަރުގަދަކުރުމަށް އަހައްމިއްޔަތު ދިނުމަށް ނިންމާފައިކަމަށާއި އެ މަގުސަދުގައި ދެގައުމުގެވެސް ޝައުގުވެރިކަން ހިމެނޭ ދާއިރާތަކުން އިތުރަށް މަސައްކަތްތައް ހަރުދަނާކުރުމަށްވެސް ވިސްނުންތައް ހިއްސާކޮށްފައިވާކަމަށެވެ.

ނޫސްތަކުން ބުނާގޮތުން މޭޖާރ ޖެނަރަލް ހިލްމީވަނީ  ޕާކިސްތާނުގެ އަސްކަރިއްޔާގެ ޕްރޮފެޝަނަލިޒަމްއަށާއި ސަރަހައްދީ ހަމަޖެހުމަށް ދޭ އަހަމިއްޔަތު ފާހަގަކޮށް އެކަމަށް ތައުރީފްކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: