ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ނިޒާމު ސިޔާސީ ނުކުރުމަށް ސަރުކާރަށް ގޮވާލަން: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތައުލީމީ ނިޒާމު ސިޔާސީ ނުކުރުމަށް މިސަރުކާރަށް ގޮވާލަައްވާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙުމަދު ނަސީމްގެ ޕްރޮފައިލް ޖަމާލުއްދީން ސްކޫލުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމަށްފަހު އެ ޕޯސްޓު ނަގާފައިވާތީ އެކަމަށް ފާޑު ވިދާޅުވެ އެކްސްގައި ލިއުއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޝާހިދު ވިދާޅުވީ، މެމްބަރު މީކާއިލް އަހުމަދު ނަސީމްފަދަ, ޖަމާލުއްދީން ސްކޫލު މިއަދު ހުރިހާ ގޮތަކުންވެސް ފަޚުރުވެރިވާ އިސް ދަރިވަރެއްގެ ޕްރޮފައިލް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމަށްފަހު, އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް އެ ޕްލެޓްފޯމްތަކުން ފްރޮފައިލް ނަގާފައިވާ ކަމަށެވެ.

އެކަމުން ދޭހަވަނީ މި ސަރުކާރުން ތައުލީމީ ނިޒާމް ސިޔާސީ ކޮށްފައިވާ މިންވަރު ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، އެކަމުގެ ސަބަބުން ރައްޔިތުން ތަމްސީލުކުރާ މަންދޫބުންނާމެދު ދަރިވަރުންގެ ހިތްތަކުގައި ނުރަގަޅު ތަސައްވުރެއް އުފައްދައި ވަކީން ޚާއްސަކޮށް މެމްބަރު މީކާއިލް އަހުމަދު ނަސީމުގެ އަބުރަށް ހުތުރުވެފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އުގަންނައިދޭ މަރުކަޒުތަކުގެ ތެރެއަށް މި ސަރުކާރުން ސިޔާސީ ނުފޫޒު ވައްދާކަން ފާހަގަ ކުރައްވާފައެވެ. އަދި އެކަމަކީ އަދުގެ ޒުވާން ޖީލަށް ދައްކުވައިދޭ ވަރަށް ހުތުރު ނަމޫނާއެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށް ވިދާޅުވެ، ތައުލީމީ ނިޒާމު ސިޔާސީ ނުކުރުމަށް މިސަރުކާރަށް ގޮވާލަައްވާފައެވެ.

މިކަމާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތައް ޖަމާލުއްދީން ސްކޫލުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ، ޕޯސްޓު ނެގީ މިނިސްޓްރީން ޕްރެޝާކޮށްގެން ނޫން ކަމަށެވެ. އަދި އެކަންކުރީ ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަންނުޖެހޭފަދަ އަމަލުތަކެއް މީކާއިލްގެ ފަރާތުން ފެނުމުން ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެ ދުވަހަކީ ރިޔާސީ ބަޔާން އިއްވެވިއިރު މީކާއިލް ހިމެނޭގޮތަށް އިދިކޮޅުން މަޖިލީހުގައި އިހުތިޖާޖުކުރި ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: