ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިންކްސާވްއިން މިފަހަރުގެ މެރިން އެކްސްޕޯގައި ދައްކާލީ ހިކްވިޝަންގެ އެންޓި-ކޮރޯޝަން ސީސީޓީވީ ސޮލިއުޝަން!

މޯލްޑިވްސް މެރިން އެކްސްޕޯ 2025
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހިކްވިޝަންގެ ނެޝަނަލް ޑިސްޓްރިބިއުޓަރ ކަމުގައިވާ ލިންކްސާވްއިން، ފެބްރުއަރީ 6 ވަނަ ދުވަހު ފެށުނު މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގައި ހިކްވިޝަންގެ އެންޓި-ކޮރޯޝަން ސީސީޓީވީ ސޮލިއުޝަން ދައްކާލައިފިއެވެ.

ލިންކްސާވް އިން މަޢުލޫމާތުދޭ ގޮތުގައި މި ސޮލުއިޝަންއަކީ ކަނޑުގެ ދަތުރު ފަތުރުގައި ބޭނުންކުރެވޭ އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމަށާއި، މޮނީޓަރިންނައް ހަރުކުރެވޭ ކެމެރާތައް ލޮނުގެ އަސަރު ކޮށްގެން، ދަބަރުޖެހާ، ހަލާކުވުން ހައްލުކޮށްދޭނެ ސޮލިއުޝަންއެކެވެ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގައި ކަނޑު އުޅަނދުފަހަރުގެ ދައުރު ވަރަށް މުހިންމުކަމަށްވާތީ، މި ބާވަތުގެ ސޮލިއުޝަންތަކައް ޑިމާންޑް އިތުރުވަމުންދާކަމަށް ލިންކްސާވް އިން މައުލޫމާތުދެއެވެ.

ހިކްވިޝަންގެ އެންޓި-ކޮރޯޝަން ކެމެރާތަކަކީ ކަނޑުގެ މާޙައުލަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ އިންތިހާއަށް ވަރުގަދަ ކެމެރާތަކެކެވެ.

މި ކެމެރާތަކުގެ މައިގަނޑު ޚާއްޞަ ސިފަތަކުގެ ތެރޭގައި:

  • SUS 316L ސްޓެއިންލެސް ސްޓީލް ހައުސިންގ އަދި އެޑްވާންސްޑް އެންޓި-ކޮރޯޝަން ކޯޓިންގ: ލޮނުގަނޑާއި ކަނޑުގެ ގަދަ މޫސުމުގެ ޙާލަތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދެއެވެ
  • IP67 އަދި IP68 ވޯޓަރޕްރޫފް ރޭޓިންގ: ފެން ވަނުމުން ފުރިހަމައަށް ރައްކާތެރިކޮށްދޭތީ، ކަނޑު އުޅަނދުފަހަރާއި އޮފްޝޯ ޕްލެޓްފޯމްތަކާއި ބަނދަރުތަކަށް އެކަށީގެންވެއެވެ.
  • HDއިމޭޖިންގ: 4MP އިން 8MP އަށް ހުންނަ ސެންސަރުތަކާއެކު، ސާފު، ކޮލިޓީ ވީޑިއޯ ނެގުމަށް ކަށަވަރުކޮށްދެއެވެ.
  • ވައިޑް ޑައިނަމިކް ރޭންޖް (WDR): އަލިކަން ގަދަ މާޙައުލުގައިވެސް ސާފު ވީޑިއޯ ނެގުމަށް ކަށަވަރުކޮށްދެއެވެ.
  • އިންފްރާރެޑް (IR) ނައިޓް ވިޝަން: 100 މީޓަރުގެ ދުރުމިނަށް ރޭގަނޑުގެ ވަގުތުތަކުގައި ސާފުކޮށް ފެންނަ ގޮތަށް ހުރެއެވެ.
  • ވައިބްރޭޝަން އަދި ޝޮކް ރެސިސްޓަންސް: ދުއްވާ އުޅަނދުފަހަރުގައި ކުރިމަތިވާ ތެޅުންތަކާއި ޝޮކްތަކަށް އެންޑުއަރކޮށްދޭ.
  • ސްމާޓް ވީޑިއޯ އެނަލިޓިކްސް: އޭ.އައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންޓްރޫޝަން ޑިޓެކްޝަން، މޯޝަން ޓްރެކިންގ އަދި ފޭސް ރެކޮގްނިޝަން ފަދަ ސެކިއުރިޓީ ފީޗަރތައް ހިމެނެއެވެ.

އެންޓި-ކޮރޯޝަން ކެމެރާތަކުގެ އިތުރުން، ކަނޑު އުޅަނދުފަހަރުގެ، އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށާއި، ވައްކަމުން ރައްކާތެރިކަން ލިބުމަށް، ހީޓް ޑިޓެކްޝަން އެލާމް ތަކާއި، އެންޓި-ތެފްޓް އެލާމް އަދި ސައިރަން ފަދަ ސޮލުއިޝަންތައްވެސް ލިންކްސާވް އިން ލިބެންހުންނާނެއެވެ. މި އެކްސްޕޯގައި، ލިންކްސާވް ގެ ސްޓާލް އަށް ޒިޔާރަތް ކޮށް، މި ސޮލިއުޝަންތަކުގެ ޙާއްސާ ފީޗާރސްތަކާއި ބެހޭގޮތުން އތުރު މަޢުލޫމާތު ހޯދުމެގެ ފުރުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2025 އަކީ ރާއްޖޭގެ ކަނޑާއި ގުޅުންހުރި ވިޔަފާރިތަކަށް އެންމެ މުހިންމު އެއް އިވެންޓް ކަމަށްވާއިރު، މިފަދަ އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމުގައި ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: