ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އޯޖީޕީގެ މެމްބަރުކަން؛ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެހީތެރިކަން ލިބޭނެ

ރާއްޖެއަށް އޯޖީޕީގެ މެމްބަރުކަން
ޝެއާރކޮށްލާ ކަހަލަދޯ؟

އޯޕަން ގަވަމަންޓު ޕާޓްނާޝިޕް މެމްބަރަކަށްވުމުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ހޯދަންޖެހޭ އެއްބާރުލުމާއި އެހީތެރުކަން ރާއްޖެއަށް ފަސޭހަކަމާއި އެކު ލިބިގެންދާނެކަމަށް ލޯކަލް ގަަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޯޖީޕީގެ މެމްބަރު ގައުމަކަށް ރާއްޖެވުމާއި ގުޅިގެން މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޯޖީޕީގެ މެންބަރަކަށް ވުމުން އާންމުންނާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ކުރިއެރުވުމަށާއި، ޖަވާބުދާރީވުމާއި ހާމަކަން ބޮޑުކަމާއި ހެޔޮ ވެރިކަމަށް ހިތްވަރު ލިބޭ މާހައުލެއް ބިނާކުރުމުގައި އެހީތެރިވެދޭނެ ކަމަށެވެ. އަދި އެއީ ކޮރަޕްޝަނުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް، ސަރުކާރުގެ އަމަލުތަކުގައި ކޮންމެ ދުވަހެއްގެ އުސޫލުތަކުގައި ތަބާވާނެކަން ކަށަވަރުކޮށްދޭނެ ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ

މުޖުތަމަޢުގެ ހަމަޖެހުމަށް އެންމެ މުހިންމު އެއް އަސާސަކީ ލާމަރުކަޒީ ހަމަތަކުގެ މަތީން ރަށްރަށުގެ ހިންގުން ކުރިއަށް ގެންދިއުންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައި ވެއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި 55 ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 12 ކައުންސިލް އިދާރާއެއްގެ ބިންގާ ވަނީ އެޅިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ރ. އަތޮޅުގެ 6 ރަށަކާއި، ހއ. އަތޮޅުގެ 6 ރަށެކެވެ.

މީގެއިތުރުން ރިޔާސީ ބަޔާނުގައި ކައުންސިލްތައް ބާރުވެރިކުރުމަށް އިސްކަން ދެއްވާ ފަދައިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ވެސް ބާރުވެރިކުރުމަށް އިސްކަން ދެއްވާކަމަށް ވިދާޅުވިއެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމަށް ވަޒީފާއާ ބެހޭ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނަށް ހުށަހަޅަން ޖެހޭ އިޞްލާޙުތައް މި މަހު ހުށަހަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤާނޫނުތަކަށް ގެނެވޭ މި އިޞްލާޙުތަކުގެ ސަބަބުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބުމަށް މަގު ފަހިވާނެއެވެ. ބެންކުތަކުން ދޫކުރާ ލޯނު ހޯދުމަށް ކުރިމަތިވެފައިވާ ހުރަސް ފިލައި، ވިހެއުމުން ލިބޭ ޗުއްޓީ ވެސް ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: