ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ ބައި އިލެކްޝަންތަކުން ޕީއެންސީއަށް 33 ގޮނޑި؛ ރައީސް ވިދާޅުވީ މިއީ ކާމިޔާބީއެއްކަމަށް

ރައީސް އުނގޫފާރަށް ވަޑައިގަތުން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނުގައި، ޕީއެންސީއަށް 33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް އިންތިހާބުގައި ޕީއެންސީ ކާމިޔާބު ކުރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 30 ގޮނޑިއަކާއި ކައުންސިލްގެ އަންހެނުންގެ މެމްބަރުންނަށް ހާއްސަ އެއް ގޮނޑި، އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއެކެވެ.

މީގެ ތެރޭގައި އިންތިހަބަކާއި ނުލައި ޕާޓީއަށް 24 ގޮނޑިއެއް ވަނީ ކާމިޔާބު ކުރެވިފައެވެ. އެހެންކަމުން އިންތިހާބުގައި ވާދަކޮށް، ލިބިފައިވަނީ 09 ގޮނޑިއެވެ.

އިންތިހާބުގައި އެމްޑީޕީ ވެސް ވާދަކުރިއިރު، އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ ދެ ގޮނޑިއެވެ. އެއީ ނ. މިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކުރާ ކޮމިޓީގެ ގޮނޑިއާއި، ހަންޏާމީދުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެވެ.

މިއަދުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ދެ ކެނޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: