ރާއްޖޭގެ މެޓް އޮފީހުން ބ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު އިއުލާންކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި، ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނަށް ވައިޖެހޭނެކަމަށެވެ. އަދި ކަނޑުވެސް ގަދަވާނެކަމަށް ލަފާ ކުރެވޭނެކަމަށްވެސް މެޓް އޮފީހުން ބުނިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުމަޓީގެ އެތަކެއް ހާދިސާއެއް ހިނގައިފައިވެއެވެ. އެހެންކަމުން، މި ސަރަހައްދުތަކުގައި އުޅުއްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާޒްކުރައްވައިފައެވެ.
މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިރޭ 8:00 ފެށިގެން ދަންވަރު 2:00 އަށެވެ.

