ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ ސަރުކާރުން މަޝްރޫޢުތަކެއް ބަޖެޓުކުރީ އިހުލާސްތެރިކަމާއިއެކު ނޫންކަން ރައްޔިތުން ގަބޫލުކުރޭ: ސްޓޭޓް މިނިސްޓަރު ޏަޡީމް

ސްޓޭޓް މިނިސްޓަރު ނަޡީމް: ފޮޓޯ/ ސޯޝަލްމިޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އަހަރުގެ ބަޖެޓުގައި ކުރީގެ ސަރުކާރުން މަޝްރޫޢުތަކެއް ހިމަނައި ކުދި އަދަދުތަކެއް ޖަހާފައިހުރީ އެކަންކަން ކުރިއަށް ގެންދިއުމުގެ އިހުލާސްތެރި ނިޔަތުގައި ނޫންކަން ރައްޔިތުން ގަބޫލުކުރާކަމަށް ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޡީމް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރު ނަޡީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ވަރަށް ގިނަ ޕްރޮޖެކްޓުތަކެއްގައި ސޮއިކުރެވިފައިހުރިކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ހުރީ ނުފެށިކަމަށާއި ފެށިފައިހުރި ގިނަ އަދަދެއްގެ މަޝްރޫޢުތައް ހުރީ މަޑުޖެހިފައި ނުވަތަ އެއްކޮށް ހުއްޓިފައިކަން ފާހަގަކުރެއްވިއެވެ.

ނަޡީމް ވިދާޅުވީ، ނިމިދިޔަ އަހަރުގެ ބަޖެޓަކީ ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތުގެމަތިން ފާސްވެގެން އައި ބަޖެޓެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެ ބަޖެޓުގައި މަޝްރޫޢުތަކަށް ފައިސާ ކަނޑައަޅާފައި ހުރިގޮތުގެ ވާހަކައަކީ ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ ރެކޯޑުތަކުން އެކަން ފެނިގެންދާނެކަމަށާއި ބަނދަރު ހެދުމަށާއި ފެނާއި ނަރުދަމާ ފަދަ މަސައްކަތްތަކަށް އެކަންކަމަށް އެކަށީގެން ނުވާ އަދަދުތައް ހިމަނާފައިހުރިކަމަށެވެ.

އޭނާ ވިދާޅުވީ، ދެ ލައްކަ ރުފިޔާއިން ބަނދަރެއް އަޅާ ނުނިންމޭނެކަން އެންމެ ޅަ ސިކުނޑިން ވިސްނާލިޔަސް އެނގޭނެކަމަށެވެ. ނަޡީމް ވިދާޅުވީ، ރަށްތަކާއި ކައުންސިލުތަކުން މި ސަރުކާރަށް އޮތް ތާއީދު ސާފުކޮށް ފެނިގެންދާނެކަމަށާއި އެ ތާއީދު އިތުރުވެގެންދާ ސަބަބަކީ އިސްވެ ދެންނެވި ހަގީގަތްތައް ރައްޔިތުންނަށްވެސް ގަބޫލުކުރެވޭތީކަމަށެވެ.

އޭނާ ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ބަޖެޓުގައި އަދަދުތަކެއް ހިމަނާފައި ހުރީ އިހުލާސްތެރިކަމާއިއެކު އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނޫންކަން ރައްޔިތުންނަށް ގަބޫލުކުރެވޭކަމަށެވެ. ނަމަވެސް ރައީސް ޑރ މުއިއްޒު ސަރުކާރާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ބެއްލެވީ ހުއްޓިފައިހުރި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށްކަމަށާއި އެކަންކަން ކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: