ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހު މާލޭގައި ތަރާވީސް ނަމާދު ކުރާ ޒުވާން ޚާފިޡުންނާއި މިނިސްޓަރު ބައްދަލުކުރައްވައިފި

ރަމަޟާން މަހު މާލޭގައި ތަރާވީސް ނަމާދު ކުރާ ޒުވާން ޚާފިޡުންނާއި ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރަމަޟާން މަހު މާލޭގެ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރާ ޒުވާން ދިވެހި ޙާފިޡުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެެއްވުމުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ހުރިހާ ޙާފިޡުންވެސް ހަވާލުވެލައްވާފައިވާ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި ހިިފުމަށާއި، ފަރުވާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރެއްވުމަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ.

މި ބައްދަލު ކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ، ގިނަ ދިވެހި ޙާފިޡުންތަކެއް ފެނިގެންދާކަމާއި، އެކަމަށްޓަކައި ނުހަނު އުފާ ކުރައްވާކަމެއްކަމަށެވެ.

ދިވެހި ޙާފިޡުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ވުޒާރާއިން ވަރަށް އިސްކަމެއް ދެއްވާކަމެކެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: