މި ހިނގާ ފެބުރުއަރީ މަހުގެ 15 އިން ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަހާއި ހަމައަށް ދަންވަރު 1:00 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.
ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން ވަނީ އެކަން އާންމުކޮށް އިއުލާނެއް ކޮށްފައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ 15 ވަނަ ދުވަހުން ފެށިގެން ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނުން އެގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަ މަހާއި ދިމާކޮށް ފިހާރަތަށް ހުޅުވާފައި ހުންނަ ގަޑި ސަރުކާރުން އިތުރު ކުރެއެވެ.

