ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީސީބީގެ ރައީސްކަމުން ހަމްދީ ވަކި ކުރައްވައިފި

(ޕީސީބީ) ގެ ރައީސްގެ މަޤާމުގައި ހުންނެވި ހަމްދީ އަގީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަޤާމުގައި ހުންނެވި ހަމްދީ އަގީލް އެ މަޤާމުން ވަކި ކުރައްވައިފިއެވެ.

ހަމްދީ އެ މަޤާމުން ވަކި ކުރައްވާފައިވަނީ ރޭގެ ވަގުތެއްގައެވެ. ރައީސް ޑރ މުޙައްމަދު މުއިއްޒު އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ހަމްދީ މަޤާމުން ވަކި ކުރައްވާފައިވާއިރު، އޭނާ މަޤާމުން ވަކި ކުރެއްވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އޭނާ އެ މަޤާމަށް އައްޔަނު ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ޕީސީބީއަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ. އެ އިދާރާއިން ބުދަ ދުވަހުގެ ވަގުތެއްގައި ވަނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ސަރުކާރުގެ ވިޔަފާރި ތަންތަނާއި ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސަބްސިޑިއަރީ ކުންފުނިތަކަށް އެ ފިޔަވަޅުތަކަށް އަމަލުކުރުމަށް އަންގާފައެވެ.

މީގެ އިތުރުން، ރޯދަމަހު ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭ ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް އަންގައިވެސް ބުދަ ދުވަހު އެންގުމެއް ނެރެފައިވާއިރު، އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައްވެސް އަމާޒުވެގެން ދިޔައެވެ.

ދައުލަތުގެ ވިޔަފާރިތަކުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުގެ މުއައްޒަފުންނަށް ޑޮލަރުން މުސާރައާއި އިނާޔަތްތައް ނުދިނުމަށްވެސް ޕީސީބީން އަންގާފައިވެއެވެ. އަދި ތަމްރީނުތައް ހިންގުމަށްޓަކައި ކުންފުނީގެ ކަމާއި ބެހޭ މުއައްޒަފުންގެ ބޭނުން ހިފުމަށާއި ރާއްޖޭގައި ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމަށްވެސް އިރުޝާދު ދީފައިވެއެވެ. އެ މުއައްސަސާއިންވަނީ މިދާއިރާގެ ހަރަދުތައް ކުޑަކުރުމަށް ބައެއް މިފަދަ އެހެނިހެން ފިޔަވަޅުތައް އެޅުމަށްވެސް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: