ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

7 މެޖިސްޓްރޭޓް ކޯޓަކަށް އިސްމެޖިސްޓްރޭޓުން އައްޔަނުކޮށްފި

އިސްމެޖިސްޓްރޭޓުން މަޤާމުގެ ހުވާ ކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 7 މެޖިސްޓްރޭޓް ކޯޓަކަށް އިސްމެޖިސްޓްރޭޓުން އައްޔަނުކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރި އިސްމެޖިސްޓްރޭޓުން 2025 ފެބުރުވަރީ 13 ގައި މަޤާމުގެ ހުވައިކުރައްވާފައިވާ ކަމަށެވެ.

އަލަށް މަޤާމުގެ ހުވާކުރެއްވި އިސް މެޖިސްޓްރޭޓުން:

  1. ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ހއ.ބާރަށް / ރޭސަމް، އަލްއުސްތާޛު ޢަބްދުﷲ ޖައިލަމް
  2. ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ބ.ކެންދޫ / ސައްކެޔޮގެ، އަލްއުސްތާޛު ޖިނާން ޢަބްދުﷲ
  3. ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ލ.މާވަށް / އެންދެރިމާގެ، އަލްއުސްތާޛު އިސްމާޢިލް މާހިރު
  4. ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ކ.މާފުށި / ޝާހީ، އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤް
  5. ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ފ.ދަރަނބޫދޫ / ރޯޝަނީގެ، އަލްއުސްތާޛު ޢަލީ އިސްމާޢީލް
  6. ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ލ.ގަން / ފަޒާ، އަލްއުސްތާޛު އަޙްމަދު ޝާފީ
  7. ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ގދ.ގައްދޫ / ޔެލޯސީ، އަލްއުސްތާޛު އަޙްމަދު ޢަވްފު ޢަބްދުއްޞަމަދު

އިސްމެޖިސްޓްރޭޓުން ހުވާ ކުރެއްވުމާ ގުޅިގެން މަޤާމުގެ ފަތްކޮޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އެ ބޭފުޅުންނަށް އަރުވާފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: