ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއަން އޯޝަން ކޮންފަރެންސަށް ޚާރިޖީ ވަޒީރު އޮމާންއަށް!

ޚާރިޖީ ވަޒީރު ޑރ އަބްދުﷲ ޚަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޑރ އަބްދުﷲ ޚަލީލް އޮމާންއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ އިންޑިއަން އޯޝަން ކޮންފަރެންސްގެ 8 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ އޮމާންގެ ސަރުކާރުން އަދާކުރަމުންދާ މެހެމާންދާރީއަށް ޝުކުރު ދަންނަވާފައެވެ.

އޭގެ އިތުރުން، މި ކޮންފަރެންސްގެ ތެރެއިން ނަތީޖާ ނެރެވޭނެ ފަދަ މަޝްވަރާތަކެއް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު އޮމާންއަށް ވަޑައިގެންފައިވާއިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ ސުބްރަމާނިޔަމް ޖައިޝަންކަރުވެސް ވަނީ ވަޒީރާ ބައްދަލު ކުރައްވައި މަރުޙަބާ ދަންނަވާފައެވެ. އެކަން އިންޑިއާގެ ނޫސްތަކުންވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި އަމަން އަމާންކަން ޤާއިމްކުރުމުގެ ފްރޭމްވޯކެއް އެކުލަވާލުމަށް ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމުގެ މަޤްސަދުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި އެކި އަހަރުތަކުގައި މަޝްވަރާ ކުރެވޭ ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުއެޅުންފަދަ ތަފާތު އެކި މައުޟޫތަކާއި، ގިނަ ޤައުމުތައް ޝާމިލުވާ ބައިނަލްއަޤްވާމީ އެކި މައްސަލަތައް ޙައްލުކުރުމުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭ ދާއިރާތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: