ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލްކޯގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ތުހުމަތުތަކެއް!

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް. ފޮޓޯ: ޕޮލިސްލައިފްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގް މަސައްކަތްތައް ނޫން އެހެނިހެން ބައެއް ކަންކަމުގައިވެސް ޕޮލްކޯގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް ވިސިލްބްލޯވަރެއްގެ ފަރާތުން މަޖިލީހަށް މައުލޫމާތު ފޮނުވައިފިއެވެ.

މަޖިލީހުގެ މާލިއްޔާތު ކޮމިޓީގައި ޕޮލްކޯގެ ފްލެޓު މަޝްރޫއުގެ ތެރެއިން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ ބައެއް ކަންކަން ހުރިކަމަށް ފާހަގަކޮށް އޮޑިޓުން އާންމުކޮށްފައިވާ ރިޕޯޓުގެ ދިރާސާ މަސައްކަތްތައް ކުރިއަށް ގެންދަވަމުން ކޮމިޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ، އަދިވެސް މިކަމާއި ގުޅުންހުރި ހުރިހާ ލިޔެކިއުންތައް މުއައްސަސާތަކުން ނުލިބޭކަމަށެވެ. ނަމަވެސް ފުލުހުންގެ މުއައްސަސާއިން ގިނަ ލިޔުންތަކެއް ދީފައިވާކަމަށާއި އެ ލިޔުންތައް ދިރާސާކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

މެމްބަރު ވިދާޅުވީ، ކޮމިޓީން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތްތަކަކީ ޒިންމާދާރު މަގާމުތަކުގައި ތިއްބަވައިގެން މި އަމަލުތަކުގައި ބައިވެރިވެފައިވާކަމަށް ފާހަގަކުރެވިފައިވާ ފުލުހުންގެ އިސްވެރިންނާއިމެދު އަމަލުކުރާނެ ގޮތް ނިންމުންކަމަށެވެ. އެގޮތުން އޮޑިޓުގެ ރިޕޯޓުގައި މުހިންމު 16 އިވެންޓެއް ފާހަގަކޮށްފައިވާއިރު އެކި ބޭފުޅުންގެ ބައިވެރިވުންތައް އޮތްކަންވެސް ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން މައްސަލަ ކުރިއަށްދާއިރު އެ ބޭފުޅުން މަގާމުތަކުގައި ބައިތިއްބައިގެން ކުރިއަށްދާނީތޯ ނުވަތަ ނޫންތޯ ނިންމަންޖެހޭކަމަށެވެ.

ނާޒިމް ވިދާޅުވީ، މި މައްސަލަތައް ބަލަން ފެށުމާއިއެކު މަޖިލީހުގެ އީމެއިލްއަށް އިތުރު ބައެއް މައުލޫމާތު ފުލުހުންގެ ވަޒީފާގައި ހުންނެވި ވިސަލް ބްލޯވަރަކު ފޮނުއްވާފައިވާކަމަށެވެ. އެގޮތުން ޕޮލްކޯގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވަނީ ހައުސިންގް މަަސައްކަތްތަކުގައި އެކަނި ނޫންކަމަށް ތުހުމަތުކޮށްފައިވާކަމަށާއި އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަން ހިނގަމުންދާކަމަށް ބުނާކަމަށް ހިއްސާކުރެއްވިއެވެ. އަދި އެކަމަށް ހަވާލާދީ ފޮނުވާފައިވާ އެއް ރިޕޯޓަަކީ އޭރު ހުންނެވި ކޮމިޝަނަރު މުހައްމަދު ހަމީދްއަށް ފޮނުވާފައިވާ ރިޕޯޓެއްކަމަށާއި މި މައްސަލައިގައި މަޖިލީހުން އަމަލުކުރަންޖެހޭ ގޮތް ރަނގަޅަށް ބަލާލަން އެދޭކަމަށާއި ކުރީގެ ސީޕީ ހަމީދުއަށް އެ ރިޕޯޓު ފޮނުވާފައި އޮތީ 2019 ވަނަ އަހަރުގައިކަމަށްވާއިރު އެއްވެސް ފިޔަވަޅެއް އަޅާފައިއޮތްކަން ފެންނަން ނެތްކަމަށް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: